ހަނިމާދޫ އެއަރޕޯޓްގެ ބޮޑު ރަންވޭ އަކާ އެންމެ ޒަމާނީ ޓާމިނަލް ނިމުމަކީ މަސައްކަތުގެ %1 ގެ ނިމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ އަޕަރ ނޯޓް ޕްރޮވިންސްގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
އެޑަމް އެހެން ވިދާޅުވީ އަމިއްލަ ފޭސްބުކް އެކައުންޓުގައި ވަރަށް ތަފުސީލީ ގޮތެއްގައި ލިޔުއްވާފައިވާ ބަޔާނެއްގައެވެ. ފުރަތަމަ ކަމަކަށް ފާހަގަކުރައްވާފައިވަނީ އަހަރަކު 1.3 މިލިއަން މީހުން ދަތުރު ކުރާނެ ކަމަށް ބަލައިގެން ހެދި އެއަރޕޯޓަށް އަދި ޖައްސަނީ ހަމައެކަނި މޯލްޑިވިއަންގެ ފުލައިޓެއް ކަމަށާއި، ޒަމާނީ އިންޓަނޭސަނަލް އެއަރޕޯޓެއްގެ %99 އަކީ އެ އެއަރޕޯޓުން ގިނަ ޤައުމުތަކަކަށް ސީދާ ފުލައިޓްތައް އޮތުން ކަމަށެވެ. ނަމަވެސް ހަނިމާދޫ އިން އަދި ދެނެވީ އިންޑިޔާއަށް އެކަނި ކަމަށާއި، އެންމެ ކައިރީގައި އޮތް ސްރީލަންކާގެ ކޮލަންބޯ އަށް ވެސް ދަތުރުނުކުރެވޭ ކަމަށެވެ.
އިތުރަށް ވިދާޅުވެފައިވަނީ އެއަރޕޯޓް ހުޅުވިގެން ދިޔަ އިރު އެންމެ ކުޑަމިނުން ސްރީލަންކާއަށް ދެވޭނެ ފުލައިޓެއް ވެސް ޝެޑިއުލް ކޮށްލެވިފައި ނެތްކަމަށެވެ. ސްރީލަންކާގެ ބަޖެޓް އެއަރލައިން ފިޓްސް އެއަރ ފަދަ އިންޓަނޭސަނަލް ފްލައިޓެއް ނުވަތަ އިންޑިއާގެ ބަޖެޓް އެއަރލައިން އިންޑިގޯގެ ދަތުރެއް ފެށޭނެ އިންތިޒާމެއް ހެދިފައިނެތުމަކީ ދެރަވަރު ކަމަށެވެ.
ބޮޑު ތިލަދުންމަތީގައި މިހާރުވެސް ގިނަ ގެސްޓުހައުސްތަކެއް މީހުން ނުގެނެވި ފަޅަށް އެބަ ހުރި ކަމަށެވެ. ހަނިމާދޫ އެއާރޕޯޓް އަވަހަށް ނިމޭނެކަމަށް ހއ. ދިއްދޫގައި 7 ކޮޓަރީގެ ގެސްޓް ހައުސްއެއް ހަދައިގެން ހުރެ އެތަން ވީރާނާވީ ފަހުން ހަނިމާދޫ އައު އިންޓަނޭސަނަލް އެއަރޕޯޓް ހުޅުވިގެން ދިއުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
އެހެން ނަމަވެސް ކުރީ ސަރުކާރުން %30 ނިންމާ މި ސަރުކާރުން %70 ނިންމި ކަމުގެ ބަހުސައް ވަންނަން ބޭނުން ނުވާކަމަށާއި، އޭނާގެ ނަޒަރުގައި އަދި މި ނިމުނީ އެއަރޕޯޓް އެންމެ %1 ކަމަށެވެ. ބާކީ %99 އަކީ އެ އެއަރޕޯޓަށް ދުނިޔޭގެ އެކި ތަންތަނުން ފުލައިޓްތައް ގެނެސް ޖެއްސުން ކަމަށާއި، އެކަން މި ސަރުކާރުން އަވަހަށް ފަށައިދޭނެ ކަމަށް ޔަޤީންކުރައްވާ ކަަމަށެވެ.
ކިޔުންތެރިންގެ ހިޔާލު