އިރާންގެ ކުރީގެ ރޫޙީ ލީޑަރު އާޔަތު ﷲ ޢަލީ ޚާމަނާއީ އަކީ މުސްލިމެއް ނޫން – ޝައިޚް ސަމީރު

މިލައުތުރު | 22 މާރިޗު 2026 | ޚަބަރު
13

އީރާންގެ ލީޑަރުންނީ މުސްލިމުން ނޫންކަމަށް ދޭހަވާ ގޮތަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަޙްމަދު ސަމީރު ފަތުވާއެއް ނެރުއްވައިފި އެވެ.

ޝައިޚް ސަމީރުގެ ފަތުވާގައި ވަނީ، އީރާނުގެ ދީނީ މުރުޝިދު ޚުމައިނީއާއި ޚާމަނައީގެ ފޮތްތަކުގައި ޞަރީޙަކޮށް ލިޔެ ފާޅުކޮށް ބަޔާންކޮށްފައިވާ ވާހަކަތަކުން އަޅުގަނޑަށް އެނގި ކަށަވަރުވީ މި ދެމީހުންނަކީވެސް މާތް الله ރުއްސުންލެއްވި އުންމުލް މުއުމިނީނަ ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނާއި، އަބޫބަކުރުގެ ފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނާއި އެނޫންވެސް ޞަޙާބީންނަށް މަކަރާއި ޙީލަތާއި، ޚިޔާނާތް ނިސްބަތް ކުރުމާއި، އެބޭކަލުންނަކީ ފުރަތަމަ އިސްލާމްކަން އިޢުލާނުކުރި ދުވަހުން ފެށިގެންވެސް ވެރިކަމުގެ ދަހިވެތިކަމުގައި އިސްލާމް ދީން އިޢުލާނުކޮށްގެން ތިބި ޙީލަތްތެެރި ބައެއްކަމާއި، ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މުރާދުވެސް އެމީހުންގެ ހަވާނަފުސުގެ އެދުންތަކަށް ބަދަލު ކުރި ބައެއް ކަމާައި، އަދި ޤުރްއާން ބަދަލުކުރަންވެސް ފަސްނުޖެހޭވަރުގެ އަމިއްލަ އެދުން ބޮޑު ބައެއް ކަމަށް ޤަބޫކުރުން ފަދަ، ޝީޢީ މަޒުހަބުގެ ބާޠިލު ޢަޤީދާގައި ދެމިތިބި ދެމީހުން ކަމެވެ.  އަދި މިދެމީހުންގެ ފޮތްތަކުގައި މި ވާހަކަތައް ހުރީ އެހެން މާނައެއް ދޭހަކުރެވޭ ވަރަށް ވުރެ މާ ޞަރީޙަކަން ބޮޑުކޮށް ކަމެވެ.

އެހެންކަމުން އީރާނުގެ ޙަމަލާތަކުންް ޔަހޫދީ ދައުލަތް ސުނާފަތިވާން އެދުނަސް އިސްލާމްދީނާއި އިސްލާމީ އުންމަތަށް ނަޞްރުދިނުމުގެ ނަމުގައި މި މީސްމީހުން މަތިވެރި ކުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. އަދި ޝައިޚް ފަތުވާ ނެރުއްވީ މީހަކު ބުނި ވާހަކައެއް އަހައިގެނެއް ނޫން ކަމަށާއި، އެދެމީހުންގެ ފޮތްތަކުން ސާފުކޮށް ފެންނާންހުރި އެއްޗެއްސަށް ބަލާފަައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

s suhey
shahaadhai kiyaa hurihaa enmen akee muslimun noon kan ingeyne firuoan ves shahaadhai [Surah Yunus Quran 10:90] anehkaa evves meehaku sheikh aslu dhehki vaahaka adu ahaafa nei kan ingenee habaru liyefa in faraathun ves mikahala kanthakaa samaaluvaan jehey sheikh nei evves iraku eynaa kaafarekey bunefakaa noonee musimeh nooney bunefakaa ves video balaaleema fenaane miah kiyanee fituna fasaadha ufehdhun adhi mikankamaa suvaal kurevey dhuvaheh miliyun meehaa adhi mi website hingaa meehunaa medhu kurevey dhuvaheh anaane kan hadhuma kurey habaru post thikohlanee editorial level ga ves habaru check ves koh nulaa meehun ginain balaane kahala suruhee jahaairu mee varah nurahkaa theri kanthahtha
ހ ހުސޭ
ޝޭހު ބުނަނީވެސް ޝަހާދަތުގެ ދެކަލިމަ ކިޔާގެން ހުރިމީހަކާ ދިމާލައް ކާފަރެކޭ ނުބުނާށޭވެސް.
ސ ސުހޭ
ޝަހާދަތް ކިޔާފަ ހުރި މީހެއް ފިރޯނަކީވެސް އެކަމް އޭނަ މުސްލިމަކަށްވޭތޯ؟ Quran 10:90
މ މުހަންމަދު
އިލްމީފަގުޑިއަޅުއްވައިގެންވަރަށް ބުރުސޫރަހުތުރުފަތުވާއެއް؟
F Foalaifhoo Kalo
ޚާމަނާއީ އަތްޕުޅުގައި އޮންނަ ގުރުއާނަކީ އެއްވެސް ބަދަލެއް ގެނެސްފައިވާ ގުރުއާނެއް ނޫން. ޝަހާދަތުގެ ދެކަލިމަ ވިދާޅުވޭ. ކިޔެވި އެއްޗެއްގެ ބޭނުން ހިފަން ނޭގޭ މީހުން މިދުނިޔޭގައި މަދެއް ނޫނެވެ. ހެޔޮމަގު ދައްކަވާށި އާމީން
N Nus
ސެއިހް ekeynoon kuyan vee
a amyy
muslimakdemalanuvaney dhw kafarakebunaka dhw
D Dhen kobaata muslimu raavikkaige aoorumas vikkaigen dhivehi raajjeegai mihowdha a faisaa kaiboi hadhaameehun miey muslimunta
ބުނެދީބަލާ ރަލައި އޫރުމަސް ވިއްކާއިގެން ރިސޯޓުތަކުން މިހޯދާ ފައިސާ އަހަރެމެން ރާއްޖޭގެ ހުރިހާމީހުން ކައިބޮއި މިހަދަނީ ކީއްވެ ކީއްވެ ހަލާލުތަ
އ އިއްސެ
ތީއަންދަލްސްެް ދޯ
އ އުތުުރު
މުންޖޭ ކިޔާ
J Jaziry
Bank meduvetiko Ribaakaa Ribaage muaamalaath hingaa meehunaai dhethery kalay fathuwaa dhenee muslimun kamugatho
J Jaziry
Bank meduvetiko Ribaakaa Ribaage muaamalaath hingaa meehunaai dhethery kalay fathuwaa dhenee muslimun kamugatho
a amyy
akahla ahh bunak nuvaney dhw