މިލައުތުރު

ވ. އަތޮޅު “ޝިޕްރެކް” ވަރަށް ބޮޑަށް ހަލާކުވެއްޖެ، ފަތުރުވެރިކަމުގެ ދާއިރާއަށް ހިތާމައެއްް.

ވ. އަތޮޅުގައި އޮންނަ އެންމެ ހިތްގައިމު އެކްސްކާޝަން ސްޕޮޓް ކަމަށްވާ “ޝިޕްރެކް” އޮޔެވަރާ މޫސުމީ ކުރިމަތިވާ ގޮންޖެހުންތަކާއެކު ވަރަށް ބޮޑަށް ހަލާކުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ޖިމީ އެކްސްކާޝަން (ޖިމީ މޯލްޑިވްސް) އިން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ބުނެފައި ވަނީ، މިހާރު ކުރަމުން މިދާ ވިއްސާރައާއި މޫސުމަށް އަންނަ ބަދަލުތަކާއެކު ފަތުރުވެރިން އެންމެ ބޮޑަށް ގަޔާވާ އެފަދަ ދެވަނަތަނެއް ނެތް ވ. ޝިޕްރެކް ވަރަށް ބޮޑަށް ހަލާކުވެއްޖެ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުންތައް ވަޒަންކުރަމުންދާ ކަމަށާއި، އެންމެ މުހިންމު ކަމަކީ އެތަން ރައްކާތެރި ކުރުން ކަމަށެވެ.

އިތުރަށް ބުނެފައިވަނީ، އެތަނަކީ ފަތުރުވެރިން އެންމެ ގިނައިން ޑައިވްކުރާ ޕޮއިންޓް ކަމަށާއި، އެ އަގުބޮޑު ޖަވާހިރެއްފަދަ ޝިޕްރެކް ރައްކާތެރިކުރުމަކީ ވ. އަތޮޅާއި، މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް މުހިންމު ކަމެއް ކަމަށެވެ.

© 2023 milauthuru. All rights reserved.