އައްޑޫގެ އޮފީސްތަކުގެ މެދުގައި ބޭއްވި “އައްޑޫ އިންޓަ-އޮފީސް ވޮލީ ޓޯނަމަންޓް 2025” ޗެމްޕިއަންކަން ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހޯދައިފި އެވެ.
އެގޮތުން މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އައްޑޫ ޕޮލިސް އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް އެމްޓީސީސީ ވަނީ ހޯދާފަ އެވެ.
ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރި ޓީމްތަކަކީ ކުލަބް އޭއީއެޗް، ކައުންސިލް، އޭއައިއޭ، އެމްޓީސީސީ އަދި ޕޮލިހެވެ.
ޖުމްލަ ދިހަ އޮފީހަކުން 13 ޓީމް ވާދަކުރި މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޓީމްތަކަކީ އައްޑޫ ކައުންސިލް، އައްޑޫ ޕޮލިސް، އެސްޓީއޯ، މިފްކޯ، ވެމްކޯ، ފެނަކަ، ކުލަބް އެމްޓީސީސީ އަދި ފޭދޫ ސްކޫލެވެ.
ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކާމިޔާބުކޮށް، ކްލަބް އެމްޓީސީސީ ޗެމްޕިއަންކަން ހޯދީ އައްޑޫ ޕޮލިހާ ވާދަކޮށެވެ. އެހެންވެ މި މަހުގެ 1-15 އަށް މުބާރާތުގައި އެންމެ ވިދައިލި އޮފީސްތަކަކީ އެމްޓީސީ އާއި އައްޑޫ ޕޮލިހެވެ.
މިއީ އައްޑޫގެ ވޮލީ ރެފްރީންތަކެއް އިސްކޮށްގެން އުފެއްދި ޖަމިއްޔާ އެސޯސިއޭޝަން ފޯ އައްޑޫ ވޮލީން އިންތިޒާމުކުރި މުބާރާތެކެވެ. އަދި މިއީ އައްޑޫގެ އޮފީސްތަކުގެ މެދުގައި އެ ޖަމިއްޔާ އިން ބޭއްވި ފުރަތަމަ އޮފީސް ވޮލީ މުބާރާތްކަން ފާހަގަ ކުރެވެއެވެ.