ޒަޚަމްތަކާއެކު މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ – ފުލުުހުން

މިލައުތުރު | 1 އޮކްޓޯބަރ 2024 | ޚަބަރު

ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ބިނާކުރައްވަން ފެއްޓެވި ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފަކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުން ބުނީ ޒަޚަމްތަކަކާއެކު މަރުވެފައި އޮތް މީހަކު މިއަދު ފަތިހުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައި ވާކަމަށާއި، އެއީ އެފްކޮންސްގެ މުވައްޒަފެއްކަން ޔަޤީންކުރެވިފައި ވާކަމަށެވެ. މިކަމާ ގުޅޭގޮތުން އިތުރު ތަފުޞީލެއް ފުލުހުން އަދި ނުދެއެވެ. މި މަރާ ގުޅޭ ތަޙްޤީޤެއް މިހާރު ފުލުހުން ފަށާފައި ވާކަމަށެވެ.

Advertisement

އުސްފަސްގަނޑު ސަރަޙައްދު މޫދުން ވެސް އިއްޔެގައި މަރުވެފައިވާ މީހެއްގެ އަށިގަނޑު ވަނީ ފެނިފައެވެ. އަދި އިއްޔެގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އިސްލާޙީ މަސައްކަތުގައި ވަރަށް އިސްކޮށް މަސައްކަތްކުރެއްވި ހިތްވަރުގަަދަ ނޫސްވެރިޔާ ޖައުފަރުކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.