އަޔަލޭންޑްގެ އާ ރައީސަކަށް ފަލަސްޠީނަށް ތާއީދުކުރާ ކެތަރިން ކޮނޮލީ

މިލައުތުރު | 24 އޮކްޓޯބަރ 2025 | ސިޔާސީ

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އަޔަލޭންޑުގެ އާ ރައީސަަކަށް ހޮވެނީ އުމުރުން 68 އަހަރުގެ ފަލަސްޠީނަށް ތާއީދުކުރާ ކެތަރިން ކޮނޮލީ އެވެ.

ހުކުރު ދުވަހު ފެށި ވޯޓުލުމުގައި ވަގުތު ހަމަވިއިރު، ކުރީގައި ހުޅެނީ ކެތަރިން ކޮނޮލީ އެވެ. ކެތަރިން އަކީ ވާތުފިޔައިގެ މިނިވަން ކެންޑިޑޭޓެކެވެ. އެކަމަނާއަކީ ޤާނޫނީ ވަކީލެކެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.

ކެތަރިންގެ ކެމްޕެއިންގައި ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ނަސްލު ޤައިދުކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލުމާއެކު އިޒްރޭލު ކުއްވެރިކޮށް ކެމްޕެއިން ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.