ހުޅުމާލެ އުތުރުދާއިރާގެ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒާޔާ މިވަގުތު “ސިންގަލް” ކަމަށާއި ބޭނުންވަނީ ރައީސް މުޢިއްޒު ހެން “ކަޅުދިގު” ފިރިހެނެއް ކަމަށް އޭނާ ބުނެފިއެވެ.
ޒާޔާ މިހެން ބުނީ “އަދަދު” ނޫހުން ގެނެސްދޭ ދޮޅު މިނެޓް ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ޒާޔާ ކަޅު ދިގު މީހުންނަށް ޝައުޤުވެރިވާ ވާހަކަ ހާމަކުރި އިރު، މިހާރުގެ ފަސްޓް ލޭޑީ ސާޖިދާއަށް ވެސް އެންމެ ކަމުދަނީ ކަޅު ދިގު ފިރިހެނުން ކަމަށް ކުރިން ވަނީ ހާމަ ކުރައްވާފައެވެ. އަދި އެއީ ރައީސް މުޢިއްޒު ކަމުދާ ސަބަބު ކަމުގައި ދޭހަވާ މޭރުމަކުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ޒާޔާ މިވަގުތު ހުރީ ހުސްކޮށްތޯ ޕްރެޒެންޓަރ އަޒޫ ސުވާލުކުރުމުން ޒާޔާ ބުނީ އޭނާ މިވަގުތު “ސިންގަލް” ކަމަށާއި، ޝައުޤުވެރިވަނީ ކަޅު ދިގު ފިރިހެނުންނަށް ކަމަށެވެ
ޔާހް ސިންގަލް، ބޭނުންވާ ކަހަލަ ފިރިހެނެއް ގައިގަ ހުންނަ ބޭނުންވާ ސިފައަކީ، ވަރަށް ލޯޔަލް ވާންވާނެ، ދެން ކެއަރިން، ރެސްޕެކްޓްފުލް، އާހް، ސަޕޯޓިވް. ލުކްސް އަށް ބަލާއިރު، ޓޯލް ވާން ވާނެ، ދެން އެހާ ދޮންވެގެން ނުވާނެ, ދެން ވައިޑްކޮށް، އެހެން ތިބޭ ފިރިހެނުން.
ޒާޔާގެ ފުރަތަަމަ ކާވެންޏަށް 3 އަންހެން ދަރިން ލިބިފައި ވެއެވެ. އަދި ދެވަނަ ކައިވެންޏަށް ވެސް އަންހެން ދަރިއަކު ލިބިފައި ވެއެވެ. އެހެން ކަމުން މިހާރު ޒާޔާ އަކީ 4 ދަރިން ހުރި އެކަނިވެރި މަޔެކެވެ.
ކިޔުންތެރިންގެ ހިޔާލު