އީސީއަކީ ނުފޫޒުގަދަ ފާސިދު ގޭންގެއް ކޮންޓްރޯލްކުރާ ތަނަކަށް ވެގެން ނުވާނެ – ކުރީގެ އުއްތަމަފަނޑިޔާރު

މިލައުތުރު | 4 އޮގަސްޓު 2026 | އެހެނިހެން

އިލެކްޝަންސް ކޮމިޝަނަކީ ނުފޫޒުގަދަ ފާސިދު ބައެއް ކޮންޓްރޯލްކުރާ ސިޔާސީ ގޭންގެއްގެ އިޝާރާތަށް މަސައްކަތްކުރާ މުއައްސަސާއަކަށް ބަދަލުވެގެންދިއުމަކީ ދިވެހިރާއްޖޭގެ ދީމިޤުރާޠީ ނިޒާމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2008 ގައި ދިވެހި ރައްޔިތުން ބަލައިގެންފައިވާ ދުސްތޫރީ ނިޒާމުގައި މިނިވަން މުއައްސަސާތަކެއް ޤާއިމުކުރުމުގެ މަޤްޞަދަކީ ކަނޑައެޅިފައިވާ ވަކި ދާއިރާތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ދީމިޤުރާޠީ އުޞޫލުތަކާ އެއްގޮތަށް، އަދި ދެފުށްފެންނަގޮތަށް ހިނގާ ދާއިރާތަކަކަށް ހެދުން ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކާއި ޢާންމު ވޯޓުތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ވާގޮތަށް އިންތިޒާމްކޮށް ސިޔާސީ ޕާޓީތައް ޤާނޫނީ ޙުދޫދުގެ ތެރޭގައި ތަންޡީމު ކުރުމުގެ މަސްއޫލިއްތު އުފުލުމަށް އުފައްދާފައިވާ ދުސްތޫރީ މުއައްސަސާ ކަމުގައިވާ އިލެކްޝަންސް ކޮމިޝަނަކީ ދިވެހި އެންމެހައި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށެވެ.

Advertisement

އިތުރަށް ވިދާޅުވެފައިވަނީ، އެ ކޮމިޝަން މިހާރަކަށްއައިސް ހިނގަމުންދާގޮތަށް ބެލުމުން އެނގެނީ، އެކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތު ސަރުކާރުގެ ވުޒާރާޔަކުން ސީދާ ހިންގިޔަސް މިހާރު ހިނގާގޮތަށްވުރެ ވަކި ގޯސްކޮށް ނުހިނގާނެކަން ކަމަށާއި، ސިޔާސީ ގޭންގެއްގެ އިޝާރާތަށް މަސައްކަތްކުރާ މުއައްސަސާއަކަށް ބަދަލުވެގެންދިއުމަކީ ދިވެހިރާއްޖޭގެ ދީމިޤުރާޠީ ނިޒާމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.