ޖާބިރުގެ އަޑު ފަނޑުވެ ފިރާގުގެ މަޤްބޫލްކަން އިތުރުވަނީ..

މިލައުތުރު | 11 އޮގަސްޓު 2026 | ރިޕޯޓު

ދިވެހީންގެ މެދުގައި ސިޔާސީ އަދި ވިޔަފާރީގެ ރޮނގުން ވަރަށް ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ އަބްދު ﷲ ޖާބިރު ފަހަތައް ޖައްސާލުމަށް ފަހު، މުހައްމަދު ފިރާގުގެ މަޤްބޫލްކަން އެތައް ގުނައަކުން އިތުރު ވެއްޖެއެވެ.

ދައްކަވާ ފާހަކަފުޅުތަކުގައި އެއްގޮތްކަމެއް ހުންނަ ދެބޭފުޅުންނަކީ ވެސް ރާއްޖެއިން ހޮވާލެވޭ ތަޖުރިބާކާރުންނެވެ. ފިރާގުގެ މަޤްބޫލްކަން އިތުރުވެގެންދިޔައީ މިފަހަކަށް އައިސް ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށް ސޯޝަލް މީޑިޔާގައި ފާޅުކުރައްވާ ޚިޔާލުފުޅުތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ފިރާގުގެ ފާހަކަފުޅުތައް ވަރަށް ކަމުގޮސްފިއެވެ. އަދި ވަކިން ޚާއްސަކޮށް ޑޮލަރުގެ ތާށިކަމާއި، އަގު އުފުލުމުގެ މައްސަލަ ޙައްލުކުރުމަށް ދެއްވަމުން ގެންދަވާ މޮޅެތި ޚިޔާލުފުޅުތައް ފާހަގަކޮށްލެވެއެވެ.

Advertisement

ދިވެހިރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރިއާބެހޭ ވަޒީރު ހޮއްވެވި މަދު ތަޖުރިބާކާރުންގެ ތެރޭގައި ވެސް ފިރާގުވަނީ ހިމެނިވަޑައިގެންފައެވެ. އަދި ޤައުމީ ޓީވީން ވަގުތުން ގެނެސްދިން ޚާއްސަ ފޯރަމުގައި ދެއްކެވި ޢިލްމީ ވާހަކަފުޅުތަކަށް މީހުންގެ ތަޢުރީ ދަނީ ލިބެމުންނެވެ. ބައެއް މީހުން ދެކޭގޮތުގައި ފިރާގަކީ ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއެއްގައި އިންނަވަން ޖެހޭ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.