ށ. ފީވަކު ފެނަކައިން 7 މުވައްޒަފުން ކަނޑާލައިފި.

މިލައުތުރު | 28 އޮގަސްޓު 2026 | ޚަބަރު

 ށ. ފީވަކު ފެނަކައިން 7 މުވައްޒަފުން ވަކިކޮށްފި އެވެ.

ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުން ގެންދާ ފިޔަވަޅެއްގެ ގޮތުން މިހާރު އެންމެ ބާރަށް އިވޭ އެއް އަޑަކީ ފެނަކަ މުވައްޒަފުން ވަކިކުރާ ވާހަކައެވެ. އަތޮޅުތަކުގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރަނީ ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގެތަކުގައެވެ.

Advertisement

ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއްވެސް މުވައްޒަފަކު ވަކި ނުކުރައްވާނެ ކަމަށެވެ. މިއަދު ވިދާޅުވަނީ ކުންފުނިތައް ހަރުދަނާ ކުރުމަށް ކޮންމެހެން ކުރައްވަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންކަމުން ބެލެވޭގޮތުގައި އެ ވިދާޅުވާ ކޮންމެހެން ކުރައްވަން ޖެހޭ ކަމަކީ މުވައްޒަފުން މަދުކުރުން ކަމުގައި ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.