ށ. މަރޮށީ ފެނަކަ ބްރާންޗުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ 3 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި ކަނޑާލާފައިވަނީ އެމްޑީޕީއަށް ތާއީދުކުރާ ތިން މުވައްޒަފުންނެވެ. އެމީހުން ހުނިޖަހާ ފާހަގަކޮށް ކަނޑާލީ އެމްޕީ މުޙައްމަދު އިބްރާހީމްގެ ރޭވުމުން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެއީ މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބުގައި އެމްޕީ ބުނިހާކަމެއް ބުނިހާ ގޮތަކަށް ނުކުރުމުން ބޭލި ރުޅިގަނޑެއް ކަމަށް ބެލެވިދާނެ ކަމަށެވެ.
މިއީ ތިން އާއިލާއެއް ބިކަކޮށްލުން ކަމަށާއި، ތަޢުލީމީ ޒުވާން ކުދިން އެއްވެސް ކުށެއްނެތި ވަޒީފާއިން ވަކިކޮށްލުމަކީ އެކުދިންގެ މުސްތަޤުބަލަށް ދެވޭ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ހިތްހަމަނުޖެހިފައި ހުރެ އާއްމުންގެ މީހަކު މަޢުލޫމާތު ހިއްސާކުރަމުން ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު