މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގުޅީ ކައުންސިލްގެ 3 ވަނަ ފުޓްސަލް ފިއެސްޓަރ 2026 ފެށުމަށްޓަކައި އަންނަނީ ތައްޔާރީތައް ވަމުންނެވެ. މިފަހަރުގެ މިބާރާތުގައިވެސް ދެ ޑިވިޝަން އަކަށް ކުޅުމަށް ވަނީ ނިންމާފައެވެ. އަންހެން ޑިވިޝަން (ކްއީންސް ޑިވިޝަން) ގައި ޖުމްލަ 3 ޓީމް އަދި ފިރިހެން ޑިވިޝަން (ކިންގްސް ޑިވިޝަން) ގައި 7 ޓީމް ވާދަކުރާނެއެވެ.
އެގޮތުން ކްއީންސް ޛިވިޝަން ކުޅުމަށް ހަމަޖެހިފައިވަނީ ލީގް އުސޫލުން ކުޅެ ނަތީޖާ އެންމެ ރަނގަޅު 2 ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ކިންގްސް ޑިވިޝަންގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕް އަކަށް ޓީމްތައް ބަހާލައިގެން ކޮންމެ ގްރޫޕެއްގެވެސް އެންމެ ގިނަ ޕްއިންޓް ހޯދާ 2 ޓީމް ސެމީއަށް ދަތުރު ކުރާގޮތަށެވެ.
ގުރުލުމުގެ ރަސްމިއްޔާތު މިމަހުގެ 16 ވާ ހުކުރު ދުވަހު އޮންނާނެ މިމުބާރާތުގެ ކްއީންސް ޑިވިޝަންގެ ޗެމްޕިއަން ޓީމާށް 10،000 ރުފިޔާގެ ފައިސާގެ އިނާމް އަދި ކިންގްސް ޑިވިޝަންގެ ޗެމްޕިއަންސް ޓީމަށް 25000 ރުފިޔާ ދެވޭނެއެވެ.
މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ކޮންމެ އަހަރަކުވެސް ކުލަގަދަގޮތެއްގައި ފާހަގަކުރާ މިމުބާރާތުގެ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޯބަރ 2026 ގައެވެ.
ގުޅީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އިން މުބާރާތުގެ އެންމެހައި އިންތިޒާމް ކުރިއަށް ގެންދާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސާރ އަކީ ޓްރޮޕިކް އެކްސް މޯލްޑިވްސް ޕވޓ ލޓޑ އެވެ. އަދި ރަށުގެ ހުރިހައި މުވައްސަސާތަކުގެ ވަރަށްބޮޑު އެއްބާރުލުމެއް ކޮންމެ އަހަރެއްގެ މުބާރާތުގައި ވެސް ލިބިގެން ދެއެވެ. އެގޮތުން ގުޅީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ގުޅީ ސްކޫލް، ގުޅީ ސްޓެލްކޯ، ގުޅީ ހެލްތް ސެންޓަރ، ޕޮލިސް އަދި ގުޅީ ބޯޓް ޔާޓްގެ ބައިވެރިވުން ފާހަގަކޮއްލެވެއެވެ.
2024 ވަނަ އަހަރުގެ މުބާރާތުގެ ކިންގްސް ޑިވިޝަން ކާމިޔާބު ކޮއްފައިވަނީ ވައިކިންސް އެފް.ސީ އަދި ކްއީންސް ޑިވިޝަން ކާމިޔާބު ކޮއްފައިވަނީ ޓީމް ޖީއޭއާރު އެވެ. ފާއިތުވި 2025 ވަނަ އަހަރުގެ ކިންގްސް ޑިވިޝަން ކާމިޔާބު ކޮއްފައިވަނީ ޔުނައިޓެޑް ލަޔަންސް އަދި ކްއީންސް ޑިވިޝަން ކާމިޔާބުކުރީ އެލްޖީ ކްއީންސްއެވެ.
މިއަހަރުގެ މުބާރާތުގެ ހުރިހާމެޗްތަކެއް ގުޅީ ކައުންސިލް ޔޫޓިއުބް ޗެނަލް އިން ވަގުތުން ދައްކާއިރު މުބާރާތުގެ ލައިވް ސްކޯ މެޗްފޯރިން ބަލާލެވޭނެއެވެ.
މައުލޫމާތު: ކ.ގުޅީ އެލްއޭސީ

ކިޔުންތެރިންގެ ހިޔާލު