ނޮވެމްބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ށ. އަތޮޅަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ އެއް ކެންޑިޑޭޓް ކަމަށްވާ ވޮލެޓޭގެ ފޮޓޯ އާއި ނަން ތަފާތު ދެ ޓީމަކުން ބޭނުންކުރަމުން ދަނިކޮށް، އޭނާ ވެސް ހުރި ކޮޅު އިޢުލާން ކޮށްފި އެވެ.
އެއްވަނަ ޓީމްގައި ހިމެނެނީ މިލަންދޫ އަލީ ރިޒާ އާއި، ޅައިމަގު މުޙައްމަދު ޝާހިދު (ޝާޑު) އާއި، ފޭދޫ ވަސީމް ޙަސަން (ވޮލެޓޭ) އާއި، ފޯކައިދޫ މަރްޔަމް ސުނައިނާ (ސުނޭ) އެވެ. މީގެ ތެރެއިން ސުނޭ އަކީ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓެކެވެ.
ދެވަނަ ޓީމްގައި ހިމެނޭ ފަރާތްތަކަކީ ފޯކައިދޫ އަޙްމަދު އަންވަރު (ރައީސް) އާއި، ފުނަދޫ އަޙްމަދު ޒުމްރަތު އާއި، މާލޭ އާދަމް އީމާން އާއި، ފޯކައިދޫ ނަޝާ ނަސީރު އެވެ. މީގެ ތެރެއިން ނަޝާ އަކީ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަށް ވާދަކުރާ ދެވަނަ ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު