ށ. ޅައިމަގަށް ރޯޅިއެއް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ނަގޫރޯޅި އަރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ނަގޫރޯޅި އެރުމުގެ ސަބަބުން ބައެއް ގޭގޭ ފުރާޅު އެއްލައިލުމުގެ އިތުރުން ބޮޑެތި ގަސްތަކުން ގޮފިތައް ވެއްޓިފައި ވެއެވެ. އަދި މީގެ އިތުރުން ބައެއް ފާރުތައް ވެއްޓި، ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތައް ފުނޑުފުނޑު ވެފައި ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަށަކަށް އެރި އެންމެ ބާރުގަދަ އަދި ނުރައްކާތެރި ނަގޫރޯޅި ކަމަށް ބެލެވެއެވެ.
ރަށުގެ ރައްޔިތުން ނިކުމެ ގެއްލުން ލިބުނު ގެތަކުގެ ފުރާޅުތައް ހެދުމާއި، ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްްސާރަ ދުވަސްވަރެކެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށް ރަށުގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތައް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު