ބޮޑު ޢީދުގެ ފޯރި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު، ރަށް ރަށުން ފެންނަ ރީތި މަންޒަރުތައް ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ފެތުރިގެން ދެއެވެ. އެގޮތުން ޅ. ކުރެންދޫގެ ޒުވާނުންގެ ޕޮޓޯތަކެއް ސޯޝަލް މީޑިޔާގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
ޅ. ކުރެންދޫގައި ޢީދު ފާހަގަކުރުމުގެ މަންޒަރުތަކެއްގައި ފެންނަނީ ޒުވާން އަންހެން ކުދިންތަކެއް އެކުދިންގެ ފުރިހަމަ ރީތިކަމާއި މިނިވަންކަމުގައި ޢީދުގެ އުފާ ފައުޅުކޮށް ފެންޖަހާ ކުލަޖަހާ ނަށާ ހަދާ މަންޒަރުތަކެވެ. އަދި ޢީދާ ގުޅިގެން ހިންގޭ ތަފާތު ޙަރަކާތްތަކުގައި ބައިވެރިވާ މަންޒަރުތަކެވެ.
ކުރެންދޫގައި ޢީދު ފާހަގަކުރަމުން ގެންދާ ގްރޫޕްތައް ފެންނަ ހިނދު ހީވަނީ ރީތި ކުރަނގިތަކެއް އުދުހިލާފައި އުޅޭހެންނެވެ. ޢީދުގެ އުފާވެރިކަމުން ހިތްތަކަށް ލިބޭ ހިތްޖަމަޖެހުމާ މަޖަލަކީ ހަމަ ކޮންމެ މީހަކަށް ވެސް ބޭނުންވާނެ ކަމެކެވެ. ޅ. ކުރެންދޫން ފެނިގެންދަނީ ދިވެހި ވަންތަ ޘަޤާފީ ހެދުންތަކާއެކު ޒަމާނީ ކުލަތައް ވެސް ޖެހިފައިވާ ފަރިކަމާ ޗާލޫކަމެވެ.
މި ޢީދުގައި އެންމެ ބޮޑަށް މަޝްހޫރު ވެފައި ވަނީ ބ. ކަމަދޫގެ ރީތީގެ ރާނީންގެ ވާހަކަތަކެވެ. އެހެން ނަމަވެސް ޅ. ކުރެންދޫގެ އަންހެން ކުދިންގެ ރީތިކަން ވެސް ހަމަ އެހާ ފުރިހަމައެވެ. ދިވެހި ކަނބަލުންނަކީ ޙަޤީޤަތުގައި ތަފާތު ރީތި ބައެކެވެ.
ކިޔުންތެރިންގެ ހިޔާލު