ޤައުމީ މަޖިލިސް އަށް ވާދަކުރާ އެއްވަނަ ޓީމުން ށ. އަތޮޅުގައި ކެމްޕެއިން ވަރުގަދަ ކޮށްފި.

މިލައުތުރު | 17 ނޮވެމްބަރ 2026 | ސިޔާސީ

ކުރިއަށް އޮތް އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެއްވަނަ ޓީމުން އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރަށް ރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކޮށް، ޙަފްލާތައް ބާއްވައި އެމްޕެއިން ވަރުގަދަ ކޮށްފި އެވެ.

Advertisement

ށ. އަތޮޅަށް ކަނޑައަޅާފައިވާ 4 ގޮނޑިއަށް ވާދަކުރާ އެއްވަނަ ޓީމްގައި ހިމެނެނީ އަލީ ރިޒާ (އައްޔަ)، މުޙައްމަދު ޝާހިދު (ޝާޑު)، ވަސީމް ހަސަން (ވޮލެޓޭ) އަދި މަރްޔަމް ސުނައިނާ (ސުނޭ) އެވެ. މި ޓީމްގައި ހިމެނޭ ހަތަރު ކެންޑިޑޭޓުން ހިމެނޭ ބޮޑު ޓީމަކުން ގެންދަނީ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރަމުންނެވެ. އެގޮތުން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިރެއަށް މިލަންދޫއަށް ޒިޔާރަތްކޮށް އެ ރަށުގައި ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަންޒަރުތަކުން ފެންނަގޮތުގައި މި ޓީމް އުޅެނީ ވަރަށް ބޮޑުތަނުން ކުރީގައެވެ. އަދި މި ޓީމްގެ އަތޮޅު ޓުއާގެ އެންމެ ފަހުގެ ޚަބަރުތަކުން މުޅި ސޯޝަލް މީޑިއާ ވަނީ ގުގުމާލާފައެވެ. އަތޮޅުގެ ރަށް ރަށުގައި އެމްޑީޕީގައި ނަގާކިޔަން އުޅޭ އެންމެން ކަހަލަ ގޮތަކަށް ގެންދަނީ މި ޓީމްގެ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ. އަދި ށ. އަތޮޅުގައި ހުރި އެމްޑީޕީގެ ހަމަ އެކަނި މަޖިލިސް މެންބަރު ކަމުގައިވާ ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަމީން ފައިސަލް ވެސް ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.