މިލައުތުރު

ސީޕްރިޔާ ގްރޫޕްގެ މުއައްޒަފުންނަށް މުސާރަ ލަސްވެގެން މުޒާހަރާކޮށްފި.

ސީޕްރިޔާގެ މުއައްޒަފުންނަށް މުސާރަ ނުލިބިގެން އެކުންފުނީގެ މުއައްޒަފުން އިއްޔެގައި ވަނީ ހެޑް އޮފީސް ދޮށުގައި އިހުތިޖާޖު ކޮށްފައެވެ. މިއީ ޤައުމުގެ އިޤްތިޞާދީ ޙާލަތުގެ ނާޒުކުކަން އިތުރަށް ތިލަވެގެންދިޔަ ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ.

މުޒާހަރާކުރި މުއައްޒަފުން ބުނީ އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ކުންފުނީގެ ވެރިން އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ސީޕްރިޔާ ގްރޫޕް އޮފް ކޮމްޕެނީ އަކީ ދިވެހިރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުގައި ވިޔަފާރިކުރަމުން އަންނަ ގްރޫޕެކެވެ. އޭގެތެރޭގައި އެއާލައިން ޓިކެޓިންގ އާއި، ރިސޯޓް ވިޔަފާރި އާއި، ކާބޯތަކެތީގެ ވިޔަފާރި އާއި، ތެލުގެ ވިޔަފާރީގެ އިތުރުން އިންޝުއަރެންސްގެ ޚިދުމަތް ހިމެނެއެވެ. އަދިވެސް މީގެ އިތުރުން ވެސް ތަފާތު ގިނަ ވިޔަފާރިތަކެއް ކުރެއެވެ. ކުއްލިއަކަށް ކުންފުނީގެ ޙާލަތު މުއައްޒަފުންގެ މުސާރަ ނުދެވޭ ޙާލަތަކަށް ބަދަލުވިގޮތާ މެދު މީހުން ކަންބޮޑުވެއެވެ. އަދި ހަމަ އެއާއެކު ރާއްޖޭގެ މަޝްހޫރު ހިންގުންތެރިން ކަމުގައިވާ ބަންދު ސަލީމް ފަދަ ބޭފުޅުން ތިއްބަވައިގެން މިޙާލަތަށް ދިއުމަކީ ވަރަށް ގިނަ ބަޔަކު ސުވާލުކުރާ ކަމެކެވެ.

މުސާރަ ދެވޭވަރަށް ފައިސާ ހަމަ ނެތީތޯ ވެސް ބައެއް މީހުން ސުވާލު އުފައްދައެވެ. އެހެނީ ސޮލަރެލް އިންޝުއަރެންސް އަކީ ވެސް ސީޕްރިޔާ ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެއީ ވެސް އަހަރަކު 150 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭ ކުންފުންޏެއް ކަމަށްވެއެވެ. އެހެންކަމުން އެގްރޫޕްގެ އެއްވެސް ވިޔަފާރިއެއްގައި މަސައްކަތްކުރާ މުއައްޒަފުންނަށް މުސާރަ ނެދެވުމަކީ ޤަބޫލުކުރަން ދަަތި ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.

© 2023 milauthuru. All rights reserved.