ތ. ކިނބިދޫ ސިއްޙީމަރުކަޒުގެ 21 ވަނަ އަހަރީ ދުވަސް ވަރަށް ޘަޤާފީކޮށް ފާހަގަކޮށްފި.

މިލައުތުރު | 21 ޖުލައި 2024 | އަތޮޅުތަކުން

ކިނބިދޫ ސިއްޙީމަރުކަރުގެ 21 ވަނަ އަހަރީ ދުވަސް ދިވެހި ޘަޤާފަތާއި އާދަކާދަތައް ދައްކުވައިދޭ ޙަރަކާތްތަކާއެކު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ސިއްޙީމަރުކަޒުގެ މުވައްޒަފުން ދިވެހި ޘަޤާފީ ހެދުމުގައި އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގި ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކޭންފަރިއްކޮޅަށް ވަނީ ގިނަ ބައެއްގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ. މަރުކަޒުގެ އަންހެން މުވައްޒަފުން ރަތްކުލައިގެ ދިވެހިލިބާސް ތުރުކުރައްވައިގެން ތިއްބެވިއިރު، ސިފަކުރެވެނީ ފަތްމިނިތަކެއްގެ ގޮތުގައެވެ. އަދި ފިހިރެން މުވައްޒަފުން ހުދުގަމީހާއި ހުދުމުންޑުގައި ތިއްބެވީ އެހާމެ ދިވެހިވަންތަ ގޮތަކަށެވެ.

Advertisement

ކިނބިދޫ ސިއްޙީމަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ޙިއްސާކުރުމާއި އެކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކަން ފާހަގަކޮށް ތަޢުރީފުތައް ވަނީ އޮހެންފަށާފައެވެ. އަދި ކިނބިދޫ ސިއްޙީމަރުކަޒުން އެދެއްކެވީ ވަރަށް ވެސް ރީތި ނަމޫނާއެއްގެ ގޮތުގައި ވަނީ ބަލައިގެންފައެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތަކަށް ސީދާގޮތެއްގައި ތާޢީދުކޮށް ޢަމަލާ ބަހުން އެކަން ތަމްސީލުކޮށްދެއްވުމުގެ ރިވެތި މިސާލެކަމުގައި ފުދެއެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.