މިލައުތުރު

ހޯރަފުށީގެ ރީތި ގޮނޑުދޮށް ގިރަނީ، ޙައްލެއް ނުލިބި ކައުންސިލް ގޮތް ހުސްވެފައި…

ހއ. ހޯރަފުށީގެ ރީތި ގޮނޑުދޮށް ހަލާކުވެ އޮޔާދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑު ކަމަށާއި، އެއްވެސް ޙައްލެއް ލިބޭނެ އެއްވެސް މަގެއް ނެތް ކަމަށް ކައުންސިލުން ބުނެފިއެވެ.

މިމައްސަލަ ކަމާބެހޭ އެންމެ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފި ކަމަށާއި، ޙައްލެއް ހޯދައިދިނުމަށް ދިނުމަށް އެދި ކުރި މަސައްކަތަށް އެއްވެސް ފަރާތަކުން އެކަށީގެންވާ ގޮތެއްގައި އިޖާބަދީފައި ނުވާތީ ކައުންސިލުން ހިތާމަކުރާކަމަށް ބުނެފައި ވެއެވެ. އަދި ރަށުގައި އެކްސްކަވޭޓަރުތަކާއި، ލޯޑަރުތަކާއި، ޖިއޯބޭގްތައް ވެސް ހުރެ، ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަށް އެންމެ ޖިއޯބޭގެއް ވެސް ބާއްވާލަ ނުދެވުމަކީ ވަރަށް ދެރަވަރު ކަމަށެވެ. އެހެން ނޫނީ ހިލަކޮޅެއް އަޅައިގެން ވިޔަސް ވަގުތީ ޙައްލެއް ނަމަވެސް ގެނެސް ނުދެވުނުކަމީ އަމުދުން ދެރަކަމުގެ ކޮޅު ވެސް ނެތްހާ ދެރަކަމެކެވެ.

އަދި ފެންނަނީ ދުވާލަކު ރުކެއް ނުވަތަ ލައިޓް ޕޯސްޓެއް ވެއްޓެމުންދާ މަންޒަރު ކަމަށާއި، މިއީ ހޯރަފުށީ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ދާއިމީ ޙައްލެއް ލިބެންޖެހޭ ކަމަށެވެ.

© 2023 milauthuru. All rights reserved.