މިލައުތުރު

ދިވެހިރާއްޖޭގެ ޤައުމީ ނެޓުބޯޅަ ޓީމުން ވަރުގަދަ އިންޑިޔާ ވެސް ބަލިކޮށްލައިފި.

ދިވެހިރާއްޖޭގެ ޤައުމީ ނެޓްބޯޅަ ޓީމުން ވަރުގަދަ އިންޑިޔާ އެމީހުންގެ އަމިއްލަ ޤައުމުގައި ބަލިކޮށްލައިފިއެވެ.

ބެންގަލޫރުގައި ކުރިއަށްދާ އޭޝިޔާ ނެޓްބޯޅަ މުބާރާތުގައި އިންޑިއާ އާއި ދެކޮޅަށް ރާއްޖެއިން ކާމިޔާބު ހޯދީ 7 ޕޮއިންޓްގެ ތަފާތަކުންނެވެ. ދިވެހިރާއްޖެއިން 55 ޕޮއިންޓް ކާމިޔާބުކުރި އިރު އިންޑިއާ އަށް ލިބުނީ 48 ޕޮއިންޓެވެ.

ފުރަތަމަ މެޗުގައި ރާއްޖޭއިން ވަނީ ސައުދީ އަރަބިއާގެ މައްޗަށް 61 ޕޮއިންޓްގެ ފަރަގަކުން ކާމިޔާބު ހޯދައިފަ އެވެ. ނަމަވެސް ދެވަނަ މެޗުގައި މެލޭޝިޔާ އަތުން ބަލިވީ 64-28 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި ޖުމްލަ 14 ޓީމަކުން ބައިވެފައި ވެއެވެ. އެންމެ ފަހު ޗެމްޕިއަނަކީ ލަންކާ އެވެ. އެ ޓީމުން ވަނީ އޭޝިއާގެ ޗެމްޕިއަންކަން 6 ފަހަރު ހޯދައިފަ އެވެ. މިއަދު ރާއްޖޭން ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.