ގއ. ނިލަންދޫ ހޮސްޕިޓަލުގެ އެމްބިއުލަންސް ޑްރައިވަރެއްގެ ވަޒީފާގައި އުޅޭ މީހެއްގެ އަނބިމީހާ ގާތަށް ފެނަކަ މެނޭޖަރަށް އޮޅިގެން ވަދެވިއްޖެއެވެ.
އެދެމީހުންގެ ދެމެދުގައި ނަހަމަ ގުޅުންތަކެއް ބަދަލުކުރެވިފައިވާ ކަމަށް ބުނެ އަނބިމީހާ ވަރިކުރީ ސޯޝަލްމީޑިއާގައެވެ. ފޭސްބުކު ޕޯސްޓުގައި އޭނާވަނީ ފެނަކައިގައި ވަޒީފާ އަދާކުރަމުން އަންނަ އޭނާގެ އަނބިމީހާ ޢައިޝަތު އާއި ފެނަކަ މެނޭޖަރ ސިމާޒް ޢަލީ އާއި ދެމެދު ގުޅުމެއް ބޭއްވިކަމަށް އަނބިމީހާ އަމިއްލައަށް އިޢުތިރާފުވެފައި ވާތީ މިހިސާބުން ފެށިގެން އޭނާގެ ޙަލާލު އަންބެއް ނެތްކަމަށް ބުނެފައެވެ.
ކާވެންޏަށް 20 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ އެކައިވެނި ރޫޅާލިއިރު އެދެމަފިރިންނަށް 4 ދަރިންވެސް ލިބިފައިވެއެވެ. ހަމްދޫންގެ ޕޯސްޓުގައި އޭނާބުނީ އަނބިމީހާއާއި ފެނަކަ މެނޭޖަރާ ގުޅުން ހިންގާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު