ރާއްޖެއަށް 500 މިލިއަނުގެ ސުކޫކު ނުދެއްކިދާނެ, އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލިދާނެ: ނަޝީދު

ޝާން މުޙައްމަދު | 22 ސެޕްޓެމްބަރ 2025 | ޚަބަރު

ރާއްޖެއަށް 500 މިލިއަނުގެ ސުކޫކު ނުދެއްކިދާނެ ކަމަށާއި އެކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލިދާނެ ކަމަށް ނަޝީދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން އަންނަ އަހަރުގެ އޭޕްރިލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަނބުރާ ދައްކަން ޖެހޭ ކަމަށާއި، ފައިސާ ނުލިބި އެ ސުކޫކު ނުދެއްކިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

Advertisement
Advertisement

އަންނަ އަހަރުގެ އޭޕްރިލް މަހުގެ އަށްވަނަ ދުވަހަށް ރާއްޖެއިން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު، އިތުރު ބޮންޑެއް ނަގައިގެން ދައްކަން ސަރުކާރުން މަސައްކަތް ކޮށްފާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން، ބޭރުން އެފަދަ އިންވެސްޓްމެންޓެއް ކޮށްފާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާކެޓުގައި ރާއްޖޭގެ ސުކޫކުގެ އަގު 70 އިންސައްތަ ދަށްވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

“ރާއްޖޭގެ ސުކޫކު ބޮންޑު އަނބުރާ ނުދެއްކި ޑިިފޯލްޓު ވެދާނެ ކަމުގެ ބިރު އޮތްކަމަށް ބައެއް ތަޖުރިބާކާރުން ބުނޭ. އޭގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލި ފައިސާ ހޯދުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ،” ރައީސް ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.