އިޒްރޭލްގެ ނުރައްކާތެރި ޙަމަލާއެއްގައި ޝަހީދުކޮށްލި ޙިޒްބުﷲ ގެ ލީޑަރު ޙަސަން ނަސްރަﷲ އަވަހާރަވިތާ އެއް އަހަރުފުރުން ފާހަގަކޮށްފި އެވެ.
ސައްޔިދު ޙަސަން ނަސްރަﷲ އާއި ލީޑަރުންގެ ތެރޭގައި ހިނެމޭ ގިނަ ބައެއް ޝަހީދުކޮށްލި ބާރުގަދަ ވައިގެ ޙަމަލާދިންތާ މިއަދަށް އެއް އަހަރު ވީ އެވެ. ޝަހީދުންގެ ޒިކްރާ އާކުރުމުގެ ގޮތުން އެތައް ހާސް ބަޔަކު ވަނީ ލުބުނާނުގެ މަގުތަކަށް އެއްވެ އިޒްރޭލާ ދެކޮޅަށް އަޑުއުފުލާފައެވެ.
ޙަސަން ނަސްރަﷲ އަށް ސަޕޯޓްކުރާ އެތައް ހާސް ބަޔަކު ނިކުމެ މަގުތައް ވަނީ ފުރާލާފައެވެ. އަދި އެމީހުން ގޮވަމުން ގެންދިޔައީ ހިޒްބުﷲ އިން ހަތިޔާރު ނުބަހައްޓާނެ ކަމަށާއި، އަނިޔާވެރި ޔަހޫދީންނާ ދެކޮޅަށް ޖިހާދުކުރުުމުގައި ދެމި ތިބޭނެ ކަަމަށެވެ.
އެއްވުމުގެ ބައިވެރިވި މީހުންގެ އަދަދަށް ބަލާއިރު، ލުބުނާނުގެ ސަރުކާރުން މިހާރު ތަންފީޒުކުރަން ނިންމާފައިވާ ގޮތަށް ހިޒްބުﷲ ގެ ހަތިޔާރުތައް އަތުލުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އެހެނީ ހިޒްބުﷲ ގެ މަޤުބޫލުކަން ވަނީ ކުރިއަށް ވުރެ ވެސް އިތުރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު