ދިރާސީ އަހަރުގެ ކިޔެވުން ފެށުނު ފަހުން މަހެއްވީ އިރުވެސް ފޯކައިދޫ ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރުންގެ ފޮތްތައް ލިބިފައިނުވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ ފޯކައިދޫ ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރުންނަށާއި އެހެން ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ފޮތްތައް ނުލިބޭ ކަމަށެވެ. އަދި ލަސްނުކުރައްވާ އަވަހަށް ހަމަކޮށްދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.
އިތުރަށް ވިދާޅުވެފައިވަނީ، ދަރިވަރުންގެ ފޮތްތައް މިނިސްޓްރީގެ ގުދަނާ ހިސާބަށް ވެސް ނާންނަކަމަށާއި، ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. އަދި ބެލެނިވެރިންގެ ކަންބޮޑުވުމާއި ޝަކުވާތައް އިންތިހާއަށް ލިބޭ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ބޮލަށް ސަވާރުވުމަށް ވުރެ ފޮތްތައް ހަމަކޮށްދެއްވުން މާ ރަނގަޅު ވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު