“އޮޕަރޭޝަން އަލިމަގު” ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް!

އައިމިނަތު ރައުދާ | 13 ނޮވެމްބަރ 2025 | ޚަބަރު
“އޮޕަރޭޝަން އަލިމަގު” ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް މިއަދު ފައްޓައިފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ “އޮޕަރޭޝަން އަލިމަގު” ގެ ނަމުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ފައްޓާފައެވެ. މި އޮޕަރޭޝަން ފައްޓާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.
މިއަދު 5:30 ގައި ފެއްޓި މިހާއްސަ އޮޕަރޭޝާންގައި 500 ފުލުހުން ބައިވެރިފެވައިވާ ކަަމަށާއި ، ސްޕެޝަލައިޒްޑް ޑިޕާރޓމަންޓް ތަކާއި ރީޖަން ތަކުން ވިލަރެސް ކުރެވިގެން އެކުލަވާލާފައިވާ ޓީމިތަކުން ރާއްޖޭގެ 100 އަށްވުރެ ގިންަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވެމުން އެބަ ގެންދާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގައި މިހާތަަނަށް 90 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.