“އޮޕަރޭޝަން އަލިމަގު” މިހާތަނަށް 97 މީހުން ހައްޔަރުކޮށްފި

އައިމިނަތު ރައުދާ | 13 ނޮވެމްބަރ 2025 | ޚަބަރު

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން މިއަދު ކުރިއަށްގެންދަން ފެއްޓި އޮޕަރޭޝަންގައި މިހާތަނަށް 97 މީހެއް ވަނީ ހައްޔަރުކޮށްފައި ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ކުރިއަށް ހިންގަން ފެއްޓި މި އޮޕަރޭޝަން ގައި ވަނީ 500 ފުލުިހުން ބައިވެރިވެފައެވެ. މިހާތަނަށް ބެލިފައިވަނީ 87 ތަނެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ. ބަލާ ފާސް ކުރި ތަންތަނުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބައެއް ފޮޓޯތައްވަނީ ފުލުހުން ހިއްސާކޮށްފައެވެ.

Advertisement
Advertisement

މި އޮޕަރޭޝަން އަކީ ރައީށް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، އިންޓޭލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖޭގެ ހިމެނޭހެން ކުރިއަށް ގެންދަން ފަށާފައިވާ އޮޕަރޭޝާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.