ޕީއެންސީ ސަރުކާރަށް ނުވި 15 ކަމެއްގެ ލިސްޓެއް.

މިލައުތުރު | 15 ނޮވެމްބަރ 2025 | ސިޔާސީ
1

ސަރުކާރުން އިއުލާނުކުރި ގޮތާ އެއްގޮތަށް ނުވި 15 ކަމެއް ހިމެނޭ ލިސްޓެއް މަޝްހޫރު ނޫސްވެރިޔާ އަލީ ސުލައިމާނު ހުށަހަޅައިދީފި އެވެ. އޭނާގެ އަމިއްލަ ފޭސްކުބް އެކައުންޓުގައި ހިއްސާކުރެއްވި ލިސްޓު އޭގެ އަސްލާ އެއްގޮތަށް ތިރީގައި އެވަނީ އެވެ.

  1. ރަސްމާލެ 8 މަސްދުވަހުން ހިއްކައި ނިންމަން އިޢުލާނު ކުރި، 22 މަސް ދުވަސްވީއރު ދެބައިކުޅައެއްބައި ވެސް ނުހިއްކޭ.
  2. އިންޑިއާ ސިފައިން ރާއްޖޭން ބާލާނެކަން އިޢުލާނުކުރި، ރައްޔިތުން ބުނަނީ ބޭލުނީ ޔުނީފޯމް އެކަނިކަމަށް.
  3. ބަންކަރިންގެ ޚިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި – އެއް އަހަރުގެ ތެރޭގައި އަންދާޒާ ކުރި އަދަދުގެ %5 ވެސް ނުލިބޭ.
  4. 2025 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓު ކަމުގައި އިއުލާނު ކުރި – އަހަރު ނިމޭއިރު އަޅާލެވުނީ ދެތިން ހާސް ގެދޮރު އެޅުމުގެ އެއްބަސްވުމުގައި ސޮއި އެކަނި.
  5. ބޭންކު ކާޑު ލިމިޓަށް ބަދަލުގެނެސް ބީއެމްއެލްއިން ކުރީ ބަޣާވާތެއް ކަމަށް ބުނި ނަމަވެސް އަހަރު ދުވަސްވީ އިރު އެކަން ސާބިތު ކޮށެއް ނުދެވުނު.
  6. ސަރުކާރުގެ ތިން މިނިސްޓްރީއަކާ ދެ އިދާރާއެއް އެއްކޮށް އަނދައިގެން ދިޔަ، 11 މަސްދުވަސް ވީއިރު ތަޙްޤީޤަށް ވީގޮތެއް ނޭނގުނު.
  7. ދުންފަތުގެ ޤާނޫނަށް ގެނައި ބަދަލުން ދުންފަތުގެ ވަގުވިޔަފާރި ފުޅާވެ ފޭކް ދުންފަތް ދައުރުވެ އާއްމު ޞިއްޙަތަށް ލިބޭ ގެއްލުން ވީ އިތުރު.
  8. އިންޓަރނޭޝަނަލް ފައިނޭޝަލް ސެންޓަރު ޤާއިމު ކުރުމަށް އެއްބަސްވުންތަކެއް ހެދި ފަހުން އެނގުނީ އިންވެސްޓަރަކީ ފޭކު ޕްރިންސެއްކަން.
  9. ވޭޕް ހުއްޓުވުމަށް އެޅި ފިޔަވަޅުގައި ބޮޑުންގެ ދަރިންނާ ދެރަ ނިކަމެތިންގެ ދަރިންނާ މެދު ތަފާތުކުރި.
  10. އެޗްޑީސީގެ ޚިޔާނާތް ފަޅާއެރި، ޚިޔާނާތުގެ ތަޙްޤީގަަށް ވީގޮތެއް ނޭނގުނު.
  11. ޑޮލަރުގެ އަގު ތިރިވަމުންދާކަން އިޢުލާނު ކުރި، މިހާރު ޑޮލަރުގެ އަގު ހުރީ 20ރ އިން މަތީގައި.
  12. ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށް ވުރެ މަތިނުވާނެ ކަން އިއުލާނު ކުރި، ދެ އަހަރު ފުރޭ އިރު ސިޔާސީ މީހުންގެ ޖުމުލަ އަދަދު އެނގޭ އިދާރާއެއް ހުރިކަމަކަށް ނުވި.
  13. ކުރީ ސަރުކާރުން ވިއްކާލި ކަމަށް ބުނި މަސްކަނޑު އަނބުރާ ހޯދާނެ ކަމަށް ބުނި ނަމަވެސް ދެ އަހަރު ވާއިރު ފޯޅަވަހި ކަނޑުން އެންމެ އިންޗިއެއް ވެސް އަނބުރާ ނުހޯދުނު.
  14. ވާނުވާ ބަންދު ނިމުމަކަށް ގެންނާނެ ކަމަށް ބުނި، ދެ އަހަރު ފުރޭއިރު އަދިވެސް ވާނުވާ ބަންދު ޖެހުން ހުއްޓުމަކަށް ނާދޭ.
  15. ތައިލެންޑުންނާއި ޔޫއޭއީން އާސަންދަ ދޭނެކަން އިއުލާނުކުރި، އިޢުލާނުކުރި ގޮތަށް އެކަން ކުރިޔަކަށް ނުގެންދެވުނު.

ނޯޓް: މިއީ އަލީ ސުލައިމާން ފޭސްބުކްގައި ލިޔުއްވާފައިވާ ލިސްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ކ ކުޑަބެ
މެކުފުމުނަސް ވާހަކަޔަށް ނުފުމުވޭނެކަން އެގިގެންއެދަނީ