ޣައްޒާ ހިންގަން އެމެރިކާއިން އެކުލަވާލި ބޯޑުގައި ހުސް ޔަހޫދީން.

މިލައުތުރު | 17 ޖެނުއަރީ 2026 | ޚަބަރު

ޓްރަމްޕުގެ ބެލުމުގެ ދަށުން ޣައްޒާ ހިންގުމަށް އުފެއްދި “ބޯޑް އޮފް ޕީސް” ގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އާއި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމަނައިފި އެވެ.

މިގެ އިތުރުން ޓްރަމްޕު އޭނާގެ ބޯޑުގައި ހިމެނުއްވި ބޭފުޅުންގެ ތެރޭގައި ޓްރަމްޕުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސްޓީވް ވިކްޓޮފް އާއި ދަނބިދަރިފުޅު ޖެރެޑް ކުޝްނާ އާއި ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ހިމެނޭ ކަމަށް ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

Advertisement

އަދި ޗެއާމަންކަން ކުރައްވާނީ ޓްރަމްޕެވެ. މިހުރިހާ މީހުންނަކީ ވެސް ހައްދު ފަހަނައެޅި ޒަޔަނިސްޓުންގެ ބާރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެމީހުންގެ އަމާޒަކަށް ވާނީ ޣައްޒާގެ ރައްޔިތުންކޮޅު އެއްތާކަށް ތޮއްޖެއްސުމަށް ފަހު އިސްރާއީލަށް ބިންކޮޅު ހޯދައިދިނުމެވެ.

އިޒްރޭލުން ވަނީ 70،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ދެ މިލިއަން މީހުން ބަނޑަށް ޖައްސައި އިމާރާތްތައް ބިމާ ހަމަކޮށް ސުންނާފަތި ކޮށްލާފައެވެ. އަދި މިހުރިހާ ޖަރީމާތަކެއް ހިންގީ އެމެރިކާގެ ސީދާ އެހީތެރިކަމާ މަދަދާ އެކުގައެވެ. އިޒްރޭލާ ދެކޮޅަށް ބަހެއްވެސް ބުނެލަން ކެރުނު ހަމަ އެކަނި އިސްލާމީ ޤައުމަކީ އީރާނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.