ހދ. ކުޅުދުއްފުށީގައި ގޭން ނެރެލި އެކަނިވެރި މަޔަކު މަގުމަތީ ޙާލުގައި ޖެހިފައި…

މިލައުތުރު | 19 ނޮވެމްބަރ 2023 | އަތޮޅުތަކުން
1

މިއަދު މެންދުރު ކުޅުދުއްފުށީގައި ހިނގި މި ޙާދިސާގައި އަންހެނަކު ކުޑަ 2 ކުދިންނާ އެކު ގޭން ނެރެލުމުން ހުރިހާ ސާމާނާއެކު މަގުމަތިވެފައި ހުންނަން ޖެހިއްޖެއެވެ.

މިކަމާ ގުޅިގެން ޢާންމުންގެ ފާޑުކިޔުންތައް ޕޮލިހަށާއި، ޖެންޑަރ މިނިސްޓްރީގެ ޔުނިޓަށް އަމާޒުވެއްޖެއެވެ. އެތަށް ގަޑި އިރުތަކެއް ވަންދެން އެކަނިވެރި މަޔަކު ކުޑަ ކުއްޖަކު ގޮނޑުމަތީ ނިންދަވައިގެން ކާނެ އެއްޗެއް ބޯނެ އެއްޗެއް ނުލިބި ބިކަވެފައި ހުންނަން ޖެހުނީތީ ކުޅުދުއްފުށީ ޖެންޑަރ އެންޑް ފެމިލީ ޔުނިޓަށް ވަނީ މީހުންގެ ނުރުހުން އަމާޒުވެފައެވެ.

Advertisement

ފުލުހުން ވެސް ދެބުރަށް އައިކަމަށާއި، ކޮންމެ ފަހަރަކު ވެސް ޖެންޑާރ އަށް ގުޅައިފިކަމަށް ބުނެފައި ދިޔައީ ކަމަށް ވެއެވެ. އެއްވެސް އެއީތެރިކަމެއް ބޭނުންތޯ ނޫންތޯ އަހައިވެސް ނުލާކަމަށް މީހުން ބުނެއެވެ. އަދި އާންމުންގެ ބަޔަކު ޖެންޑަރ ޔުނިޓަށް ގުޅުމުން ފޯނަށް ޖަވާބު ދިން މީހާ ބުނެފައި ވަނީ އެންމެން ތިބީ ޔުނިޓުގައި ނިދާފައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން ވެސް އަދި ޖެންޑަރ ޔުނިޓުގެ ފަރާތުން ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

R Raag
Enmen nidhaafa thibeeba dhen bunaane ehche neh.