ކުރަން މިއުޅެނީ ސިޔާސީ ކަމެއް ނޫން، ކުރިއަށް އޮތް ޖީލުގެ ތަރައްޤީގެ ތަސައްވަރު އެކުލަވާލުން – ރައީސް ޑރ. މުޢިއްޒު

މިލައުތުރު | 26 ނޮވެމްބަރ 2024 | ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން އެމަނިކުފާނު ކުރައްވަން މިހާރު މަސައްކަތްކުރައްވާ ކަމަކީ ސިޔާސީ މަސައްކަތެއް ނޫންކަމަށާއި، އެއީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރައްޔިތުންނަށް ބޭނުންވާނެ ތަރައްޤީގެ ތަސައްވަރެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ތަރައްޤީގެ މާސްޓާރ ޕްލޭން އެކުލަވާލުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެއްވެސް ސިޔާސީ މަންފާއެއް ބޭނުންފުޅު ނުވާކަމަށާއި، ބޭނުންފުޅުވަނީ ރާއްޖެ ތަރައްޤީކުރުން ކަމަށާއި، އެކަމުގައި ޖަމިއްޔާ ޖަމާޢަތްތަކާއި، ވިޔަފާރިވެރިންނާއި، އެންމެހާ ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement

މިސަރުކާރުން ކުރާ ކަންކަމުގެ ނަތީޖާ މިހާރު ނުފެނުނަސް މުސްތަޤުބަލުގައި ފެންނާނެ ކަމަށާއި، ރައްޔިތުން ކެތްތެރިކަމާއެކު ތިއްބެވުމަށް އިލްތިމާސް ކުރައްވާކަމަށެވެ. މި މަސައްކަތް ނިމިގެންދާއިރު، ރަައްޔިތުން އުފާވާނެ މަންޒަރުތައް ފެންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.