ގއ. ނިލަންދޫ ފެނަކަ މެނޭޖަރަށް އޮޅިގެން މީހެއްގެ އަންބެއް ކައިރިއަށް ވަދެވިއްޖެ!

މިލައުތުރު | 19 ޖެނުއަރީ 2025 | އަތޮޅުތަކުން
3

ގއ. ނިލަންދޫ ހޮސްޕިޓަލުގެ އެމްބިއުލަންސް ޑްރައިވަރެއްގެ ވަޒީފާގައި އުޅޭ މީހެއްގެ އަނބިމީހާ ގާތަށް ފެނަކަ މެނޭޖަރަށް އޮޅިގެން ވަދެވިއްޖެއެވެ.

އެދެމީހުންގެ ދެމެދުގައި ނަހަމަ ގުޅުންތަކެއް ބަދަލުކުރެވިފައިވާ ކަމަށް ބުނެ އަނބިމީހާ ވަރިކުރީ ސޯޝަލްމީޑިއާގައެވެ. ފޭސްބުކު ޕޯސްޓުގައި އޭނާވަނީ ފެނަކައިގައި ވަޒީފާ އަދާކުރަމުން އަންނަ އޭނާގެ އަނބިމީހާ ޢައިޝަތު އާއި ފެނަކަ މެނޭޖަރ ސިމާޒް ޢަލީ އާއި ދެމެދު ގުޅުމެއް ބޭއްވިކަމަށް އަނބިމީހާ އަމިއްލައަށް އިޢުތިރާފުވެފައި ވާތީ މިހިސާބުން ފެށިގެން އޭނާގެ ޙަލާލު އަންބެއް ނެތްކަމަށް ބުނެފައެވެ.

Advertisement

ކާވެންޏަށް 20 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ އެކައިވެނި ރޫޅާލިއިރު އެދެމަފިރިންނަށް 4 ދަރިންވެސް ލިބިފައިވެއެވެ. ހަމްދޫންގެ ޕޯސްޓުގައި އޭނާބުނީ އަނބިމީހާއާއި ފެނަކަ މެނޭޖަރާ ގުޅުން ހިންގާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ކ ކްރިސްޓަލް ވެކްޓާރ
ގުޅުން ހިންގާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރުވެސް ހަމަ އޮޅިގެންތަ މި ވަދެވެނީ؟
ސ ސަރަފު
ނިލަންދޫގެ ހަލާކަކީ ތިޔަ ހަކީމްދީދީގެ އާއިލާ ކްއުންސިލް ވެސް ފުރާޅު ބަދަލުކުރަން ޖެހޭ ހަކީމްދީދީގެ ފަންޑިތައިގެ ބާރު ހިނގި ޒަމާން މާޒީވެއްޖެ ކަން އެބަ ޖެހޭ ނިލަންދޫގެ ފަހުގެ ޒުވާން ޖީލް ގަބޫލުރަން
Gasthuga nubunikan hama naseebu