ރައީސް ޙައްޖަށް ވަޑައިގެން ވެސް އަވަދި ނެތި އުޅުއްވަނީ ސިޔާސީ މަސައްކަތްތަކުގައި ކަމަށް ތުހުމަތުކޮށް ފާޑުކިޔަން ފަށައިފިއެވެ.
މިއަހަރުގެ ޙައްޖުގެ ކަންކަން އިންތިޒާމް ކުރެވިފައިވާލެއް ފުރިހަމަކަމުން މީހުންގެ ތައުރީފު ވެސް ލިބިފައިވަނިކޮށް ރައީސް މައްކާއަށް ވަޑައިގެން ދިވެހި ޙާޖީން އެއްކުރައްވައިގެން އަޅުކަމުގެ ބޭރުން ވަގުތުތައް ހޭދަކުރެއްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްތޯ މީހުން ސުވާލު އުފައްދަން ފަށައިފިއެވެ. އުމުރު ދުވަހު ކުޅަ މަސައްކަތުން އެއްކުރި ފައިސާގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިއުމުގެ ފުރުޞަތު އިރާދަކުރެއްވުމުން، ސިޔާސީ ބައްދަލުވުންތަކުގައި އެންމެ މިނެޓެއް ހޭދަކުރުމަކީ ވެސް ބޭކާރުކަމެއް ކަމަށާއި، އެފަދަ ކަންކަން އިންތިޒާމް ކުރުމަކީ ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ފާޑުކިޔާ ބައެއް މީހުން ބުނެއެވެ.
އަދި ހަމަ އެހެންމެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ރައީސްގެ ހިތްހެޔޮ ކަމާއި ރައްޔިތުން ދެކެ ވާ ލޯބި ދެއްކުމަށްޓަކައި ސޯޝަލް މީޑިޔާގައި ޕޯސްޓްތައް ހިއްސާކުރަމުން އެބަ ގެންދެއެވެ. މި އަހަރުގެ ޙައްޖު (އަރަފާތު) ދުވަހަކީ 5 ޖޫން 2025 ވާ ބުރާސްފަތި ދުވަހެވެ.
ކިޔުންތެރިންގެ ހިޔާލު