ރާއްޖޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އަޕާ ނޯތު ޕޮލިސް ހިމެނޭ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އާއި ރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ބަލަމުންދާ ކަމަށެވެ.
މި ވީޑިއޯ ދައުރު ކުރުމަކީ މި އަމަލުގެ ސަބަބުން ޝިކާއަރަކަށް ވެފައިވާ ކުއްޖާ ރީ ވިކްޓިމައިޒްވެ، ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމެއް ކަމެއްް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން މި ވީޑިއޯ އިތުރަށް ޝެއާކޮށް، ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު