މާދަމާ ރޭ މާލޭ އާޓިފިޝަލް ބީޗްގައި ބޭއްވުމަށް ރާވާފައިވާ ސިޔާސީ ހަރަކާތުގައި ބައިވެރިވުމަށްޓަކައި އަތޮޅުތެރޭން ދަތުރުކުރި ފްލޮޓިލާގެ ބައިވެރިން މާލެ ބަނދަރު ކޮށްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި އުތުރުގެ އަތޮޅުތަކުންނާއި ދެކުނުގެ އަތޮޅުތަކުން ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ވަނީ މާލެއަށް ޖަމާވެފައެވެ. ވަކިން ޚާއްސަކޮށް ބޮޑުތިލަދުންމަތިން ގިނަ ބަޔަކު ވަނީ މާލެއަށް ދަތުރުކޮށްފައެވެ. ބޮޑުތިލަދުންމަތިން މާލެއަށް މީހުން ޖަމާވުމަކީ އިންގިލާބެއްގެ ކޮޅުމަތި ކަމުގައި ވެދާނެ ކަމުގެ ތާރީޚީ ހެކިތައް އެބަ ހުއްޓެވެ.
މާދަމާ ރޭގެ ރެލީ އިންތިޒާމް ކުރާ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި 10،000 މީހުން ހެންވޭރުކޮަޅަށް ޖަމާވާނެ އެވެ. އެހާ ގިނަ ބަޔަކު ޖަމާވެއްޖެ ނަމަ، ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. އެހެން ކަމުން ދިފާއީ ބާރުތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު