ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި.

މިލައުތުރު | 18 އޮކްޓޯބަރ 2025 | ވިޔަފާރި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް އިއްޔެ ބަދަލުކޮށްފި އެވެ. މި ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި އާ ޓާމިނަލްގެ ގްރައުންޑް ފްލޯގެ އޮޕަރޭޝަންތައް އިއްޔެ ފަށާފައިވާ ކަމަށެވެ. އަދި އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ވެސް މިހާރު އެއާޕޯޓަށް ޖެއްސޭނެ ކަމަށެވެ.

Advertisement
Advertisement

ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ ކުރިން ބޭނުންކުރަން ފެށީ އާ ރަންވޭގެ ބޭނުން ފުރިހަމައަށް ކުރުމާއެކު މިހާރު ބޭނުންކުރާ ބާ ޓާމިނަލް ތަޅާލަން ޖެހޭތީ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.