
ށ. ފޯކައިދޫ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކުރާ ޒަމާނީ ފެރީ ޓާމިނަލް އިމާރާތުގެ މަސައްކަތް 2.6 މިލިޔަން ރުފިޔާއަށް ޕްރެސްޓީޖް ބިލްޑާސް އާއި ޙަވާލުކޮށްފި އެވެ.

މި އިމާރާތުގައި ޓާމިނަލް ހޯލެއްގެ އިތުރުން ނަމާދުގެއަކާއި ދަތުރުވެރިން އަރާމުކުރުމަށް ކޮޓަރި ވެސް ހުންނާނެ ކަމަށާއި، މިއީ ރާއްޖޭގެ ރަށެއްގައި ބިނާކުރެވޭ މިފަދަ ފުރަތަމަ އަދި ނަމޫނާ ޓާމިނަލަކަށް ވެގެންދާނެ ކަމަށް ފޯކައިދޫ ކައުންސިލުން ދެކެއެވެ.
މިއީ ފޯކައިދޫ ކައުންސިލަށް ލިބިފައިވާ ބްލޮކް ގްރާންޓުން ޚަރަދުކޮށްގެން ތަރައްްޤީކުރެވޭ ވަރަށް މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މަސައްކަތް ޕްރެސްޓީޖް ބިލްޑާސްއާއި ޙަވާލުކުރެވިފައިވަނީ 130 ދުވަހުން ނިންމާގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު