އުމުރުން އެންމެ 8 އަހަރުގައި އާލިޔާ ސާރފިންގ ތަރިއަކަށް

މިލައުތުރު | 3 ނޮވެމްބަރ 2025 | ކުޅިވަރު

ނެޝަނަލް ޖޫނިއަރ ސާރފިންގ ޗެމްޕިއަންޝިޕް 2025ގެ ޖޫނިއަރ (އަންޑަރ 18 ގަރލްސް) ޗެމްޕިއަންކަން އުމުރުން 8 އަހަރުގެ އާލިޔާ ލަޠީފް ކާމިޔާބުކުރުމުން ތަރިއެއްގެ ގޮތުގައި މުޅި ރާއްޖެއަށް ނަން ވިދާލައިފި އެވެ.

Advertisement

އާލިޔާ އަކީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ކުއްޖަކަށް ވާތީ، މުޅި ސިޓީން ވަނީ ވަރުޙަބާ ކިޔާފައެވެ. އަދި ސިޓީ މޭޔަރާއި، ޑެޕިއުޓީ މޭޔަރާއި، ކައުންސިލް މެންބަރުންނާއި، މުވައްޒަފުން އަދި ފުވައްމުލައް ސިޓީގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައި މަރުޙަބާގެ ބަޔާންތައް ނެރުއްވާފައެވެ.

ކުޑަ ކުޑަ އާލިޔާ ވެފައިވަނީ ދިވެހިރާއްޖޭގެ ސާރފިންގ ތާރީޚުގައި ވެސް ޖޫނިއަރ ގާރލްސް ކެޓަގަރީން ޗެމްޕިއަންކަން ހޯދި ފުރަތަމަ އެތުލީޓަށެވެ. އަދި އެންމެ ހަގު އުމުރުގައި ޗެމްޕިއަންކަން ކާމިޔާބުކުރި އެތުލީޓުގެ ޝަރަފު ވެސް އާލިޔާއަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.