ފުވައްމުލަކާއި އައްޑުއަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅެއްގައި ރައީސުލް ޖުމްހޫރިއްޔާ ފުވައްމުލަކަށް ވަޑާއިގެންފިއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ މުހިންމު ގިނަ ޕްރޮޖެކްޓް ތަކެއްގެ އަމަލީ މަސައްކަތްތަކެއް ފައްޓަވައިދެއްވާފައެވެ.
އެގޮތުން 4000 ހައުސިންގ ޔުނިޓު އެޅުމަށް ވަނީ އަމަލީ މަސައްކަތް ފައްޓްވާފައެވެ.
ހައުސިންގ ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަރިހުގައި ފުވައްމުލައް ސިޓީ ދާއިރާތައް ތަމްސީލުކުރާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑްއާ އެވެ.
މި މަޝްރޫއުގައި ހިމެނޭ ކޮންމެ ފްލެޓެއްގައި 1000 އަކަފޫޓް ހުންނައިރު ފްލެޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެކެވެ.
ފުވައްމުލަކަކީ އާބާދީގެ ގޮތުން ބޮޑު އާބާދީއެއް އޮންނަ ސިޓީއެކެވެ.


ކިޔުންތެރިންގެ ހިޔާލު