ސަރުކާރުން އިއުލާނުކުރި ގޮތާ އެއްގޮތަށް ނުވި 15 ކަމެއް ހިމެނޭ ލިސްޓެއް މަޝްހޫރު ނޫސްވެރިޔާ އަލީ ސުލައިމާނު ހުށަހަޅައިދީފި އެވެ. އޭނާގެ އަމިއްލަ ފޭސްކުބް އެކައުންޓުގައި ހިއްސާކުރެއްވި ލިސްޓު އޭގެ އަސްލާ އެއްގޮތަށް ތިރީގައި އެވަނީ އެވެ.
- ރަސްމާލެ 8 މަސްދުވަހުން ހިއްކައި ނިންމަން އިޢުލާނު ކުރި، 22 މަސް ދުވަސްވީއރު ދެބައިކުޅައެއްބައި ވެސް ނުހިއްކޭ.
- އިންޑިއާ ސިފައިން ރާއްޖޭން ބާލާނެކަން އިޢުލާނުކުރި، ރައްޔިތުން ބުނަނީ ބޭލުނީ ޔުނީފޯމް އެކަނިކަމަށް.
- ބަންކަރިންގެ ޚިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި – އެއް އަހަރުގެ ތެރޭގައި އަންދާޒާ ކުރި އަދަދުގެ %5 ވެސް ނުލިބޭ.
- 2025 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓު ކަމުގައި އިއުލާނު ކުރި – އަހަރު ނިމޭއިރު އަޅާލެވުނީ ދެތިން ހާސް ގެދޮރު އެޅުމުގެ އެއްބަސްވުމުގައި ސޮއި އެކަނި.
- ބޭންކު ކާޑު ލިމިޓަށް ބަދަލުގެނެސް ބީއެމްއެލްއިން ކުރީ ބަޣާވާތެއް ކަމަށް ބުނި ނަމަވެސް އަހަރު ދުވަސްވީ އިރު އެކަން ސާބިތު ކޮށެއް ނުދެވުނު.
- ސަރުކާރުގެ ތިން މިނިސްޓްރީއަކާ ދެ އިދާރާއެއް އެއްކޮށް އަނދައިގެން ދިޔަ، 11 މަސްދުވަސް ވީއިރު ތަޙްޤީޤަށް ވީގޮތެއް ނޭނގުނު.
- ދުންފަތުގެ ޤާނޫނަށް ގެނައި ބަދަލުން ދުންފަތުގެ ވަގުވިޔަފާރި ފުޅާވެ ފޭކް ދުންފަތް ދައުރުވެ އާއްމު ޞިއްޙަތަށް ލިބޭ ގެއްލުން ވީ އިތުރު.
- އިންޓަރނޭޝަނަލް ފައިނޭޝަލް ސެންޓަރު ޤާއިމު ކުރުމަށް އެއްބަސްވުންތަކެއް ހެދި ފަހުން އެނގުނީ އިންވެސްޓަރަކީ ފޭކު ޕްރިންސެއްކަން.
- ވޭޕް ހުއްޓުވުމަށް އެޅި ފިޔަވަޅުގައި ބޮޑުންގެ ދަރިންނާ ދެރަ ނިކަމެތިންގެ ދަރިންނާ މެދު ތަފާތުކުރި.
- އެޗްޑީސީގެ ޚިޔާނާތް ފަޅާއެރި، ޚިޔާނާތުގެ ތަޙްޤީގަަށް ވީގޮތެއް ނޭނގުނު.
- ޑޮލަރުގެ އަގު ތިރިވަމުންދާކަން އިޢުލާނު ކުރި، މިހާރު ޑޮލަރުގެ އަގު ހުރީ 20ރ އިން މަތީގައި.
- ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށް ވުރެ މަތިނުވާނެ ކަން އިއުލާނު ކުރި، ދެ އަހަރު ފުރޭ އިރު ސިޔާސީ މީހުންގެ ޖުމުލަ އަދަދު އެނގޭ އިދާރާއެއް ހުރިކަމަކަށް ނުވި.
- ކުރީ ސަރުކާރުން ވިއްކާލި ކަމަށް ބުނި މަސްކަނޑު އަނބުރާ ހޯދާނެ ކަމަށް ބުނި ނަމަވެސް ދެ އަހަރު ވާއިރު ފޯޅަވަހި ކަނޑުން އެންމެ އިންޗިއެއް ވެސް އަނބުރާ ނުހޯދުނު.
- ވާނުވާ ބަންދު ނިމުމަކަށް ގެންނާނެ ކަމަށް ބުނި، ދެ އަހަރު ފުރޭއިރު އަދިވެސް ވާނުވާ ބަންދު ޖެހުން ހުއްޓުމަކަށް ނާދޭ.
- ތައިލެންޑުންނާއި ޔޫއޭއީން އާސަންދަ ދޭނެކަން އިއުލާނުކުރި، އިޢުލާނުކުރި ގޮތަށް އެކަން ކުރިޔަކަށް ނުގެންދެވުނު.
ނޯޓް: މިއީ އަލީ ސުލައިމާން ފޭސްބުކްގައި ލިޔުއްވާފައިވާ ލިސްޓެކެވެ.
ކިޔުންތެރިންގެ ހިޔާލު