ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިމިވީ ފުރަތަމަ ފަހަރު ކަމަށާއި، އެނބުރި އެދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށާއި، ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެ ނަން ކަމަށެވެ.
އޭނާ ސިޔާސީ މަސައްކަތްފެށީ 2005 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި DRP އިންނެވެ. އެޕާޓީތެރޭ ހިޔާލު ތަފާތުވެ ހަރުކަށި ފިޔަވަޅުއަޅާ ވަކިކުރި ހިސާބުން ރައީސް މައުމޫނާއެކު PPM އުފެއްދި އެއް ފައުންޑަރ އަކީ އޭނާއެވެ.
ރައީސް ޔާމީން އާއެކު އުފެދުނު ހިޔާލުތަފާތުމުގެ ތެރެއިން 2014 ވަނަ އަހަރު އޭނާ PPM އިން ވަކިކުރީއެވެ. އިދިކޮޅު އިއްތިހާދާއެކު 4 އަހަރު މަސައްކަތްކުރުމަށް ފަހު، 2018 ގަ MDP އާއި ގުޅުނެވެ. އެޕާޓީގެ މެންބަރުންގެ ލޯބި އަދި ތާއީދު ބޮޑުކޮށްލިބިފައި ވެއެވެ. އެތެރޭގެ އިންތިޚާބުގައި އޭނާ ވާދަކުރުން ހުއްޓުވަން ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށް އަދި ފަހުން އެމައްސަލަ ކޯޓަށް ވެއްދި ހިސާބުން ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްލަން ފުރުސަތު ލިބުނީ އެހެންވެ ކަމަށް މަހުލޫފު ބުނެއެވެ. ވޯޓު ލުމުގެ ހައްގުލިބިފައިވާ މެންބަރުގެ ތެރެއިން އެންމެ މަތީ އަގުލަބިއްޔަތުން އޭނާ އިންތިހާބު ކޮށްދިން ނަމަވެސް މަތިފަޑީގައި ކަންކަން ހިނގަނީ އެހެން ނޫންކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ވަކިވުމުން ވަރަަށް އުފާވާނެ ބަޔަކު މަތިފަޑީގައި ތިބޭނެކަން އޭނާއަށް ކަށަވަރުވެއެވެ. އެވާހަކަތައް އަދި ފަހުން ދައްކާނެ ކަަމަށެވެ.
2023 ގެ އިންތިހާބަށް ފަހު މަހުލޫފު ހުރީ ސިޔާސީ ކަންކަމާ ވަރަށް ދުރުގައި ކަމަށާއި، އެއީ އޭނާއާ މެދު ކަންކޮށްފައިވާގޮތުން ފޫހިވެފަ ހުރިލެއް ބޮޑުކަމުން ކަމަށެވެ.
އަދި އެކިފަހަރު މަތިން ދައުވަތުދެއްވައި، އެނބުރި އައުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދެންނެވި ކަމަށެވެ. އަދި ރާއްޖޭގެ ތަރީހުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން
ލިބުނު ކަމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ކިޔުންތެރިންގެ ހިޔާލު