މާލެ އަތޮޅު ގުރައިދޫއާ ދިމާ ބޭރުމަތިން ފެނުނު ކިނބޫ ހިފުމަށް ފަހު ” ދެން އަލުން ރާއްޖެ ނާދެވޭ ގޮތަށް” ފޮނުވާލުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ލިބެއެވެ.
ކ. ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން އެ ކިނބޫ ފެނިގެން ކޯސްޓްގާޑަށް ރިޕޯޓްކުރީ “ރަންމުތް” ނަމަކަށް ކިޔާ ދޯންޏަކުންޏެވެ. އެ ދޯނީގެ ފަޅުވެރިން ވަނީ އެސޮރު ހިފާ ހައްޔަރުކޮށްފައެވެ. އަދި ދިގުމިނުގައި ހަ ފުޓޫ ހުރި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މިހާރު އެސޮރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ އެ ކިނބޫ ރާއްޖެ ނާދެވޭ ގޮތަށް، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރަށް ޑީޕޯޓް ކޮށްލުމަށް ވަނީ ތައްޔާރުވެފައި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު