ށ. ނަރުދޫގެ ދަނޑުވެރިން ރޯދައަށް ތައްޔާރު، ތިޔަ ބޭފުޅުން ތައްޔާރުތޯ!

މިލައުތުރު | 3 ފެބްރުއަރީ 2026 | ވިޔަފާރި

ށ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާ ނަރުދޫގެ ދަނޑުވެރިން ވަނީ ކުރިއަށް އޮތް ރޯދަމަހަށް ދަނޑުތައް ފައްކާކޮށް ވަރަށް ފުރިހަމައަށް ތައްޔާރު ވެފައެވެ.

ނަރުދޫގެ ދަނޑުވެރިންނަށް ބޭނުންވަނީ އެމީހުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ހައްދާފައިވާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކަށް ރަނގަޅު އަގެއް ލިބޭނެ ގޮތް މަގުފަހި ވުމެވެ. އަދި އެމީހުންގެ ކަންބޮޑުވުމަކީ އުފައްދާ ބާވަތްތަކުން ބޮޑު ބައެއް ވިއްކޭނެ ގޮތެއްނެތި، ހަލާކުވެގެން އުކާލަން ޖެހޭ ޖެހުމެވެ. އެކަމަށް ޙައްލެއް ލިބުމަކީ ނަރުދޫގެ ދަނޑުވެރިންގެ ވަރަށް ބޮޑު އުއްމީދެކެވެ.

ސަރުކާރުގެ ދަނޑުވެރި ކުންފުނި ވެސް މިއަދު އޮތީ އެއްވެސް އެއްޗެއް ގަނެ މާކެޓް ކޮށްދެވޭނެ ޙަލަތެއްގައި ނޫންކަމަށް މަޢުލޫމާތު ލިބެއެވެ. އެހެން ކަމުން ނަރުދޫގެ ދަނޑުވެރިންގެ އެދުމަކީ އަދި ދުޢާ އަކީ އެކި ރަށް ރަށަށް ރަމަޟާން މަހަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހޯދުމުގައި ނަރުދޫ އިޚްތިޔާރު ކުރުމެވެ.

މި އަހަރުގެ ރޯދަ މަހަށް ވެސް ގިނަ އަދަދެއްގެ ކަރާ ދަނޑުތަކާއި، ކަމްބާ ދަނޑުތަކާއި، މެލަން އާއި އެހެނިހެން ބާވަތްތައް ވެސް އެކަށީގެންވާ މިންވަރަކަށް ވަނީ ހައްދާފައެވެ. އަދި އެންމެ ޚާއްސަ ކަމަކީ ނަރުދޫ ކަރާ އާދަޔާ ޚިލާފަށް ފޮނިވެފައި މީރުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.