ރާއްޖޭގެ ތަރައްޤީ އަށް ސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައްޔިތުންގެ ޓެކުސް ފައިސާކޮޅު ވަގައްނަގައިގެން މުޅި މާލެ އާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސަރުކާރުގެ ވެރިންނާ އަމިއްލައަށް އަގަ ބަންދުވެފައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދަތުރުކޮށް ޕީއެންސީ ގެ އޮފީސްތަށް ހުޅުވައިގެން ރައްޔިތުންނަށް ދޮގުބުނެ އޮޅުވާލުން ކަމަށް ވެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް މިހެން ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔެ ހަގުރާމައިގެ ބޮޑު ކާރިސާއަކާ ދިމާލަށް ގޮސްފައިވާ ހިނދު ޚަރަދު ކުޑަކުރުމަށް ސަރުކާރުން އެޅުއްވީ ކޮންފިޔަވަޅެއްތޯ ސުވާލު އުފައްދަވަމުން އައްބާސް އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި މިއަހަރު އެކަނިވެސް އެއްބިލިއަން ޑޮލަރުގެ ލޯނު ދައްކަން ޖެހޭއިރު ބޮޑު އިންޓަރެސްޓުގައި ލޯނު ނުނަގާ ލޯނު ދެއްކޭ ވަރަށް ދަޢުލަތުގައި ފައިސާ ނެތްކަމަށެވެ.
ދިވެހި ދައުލަތަށް ވަންނަހާ ފައިސާއިން ވަކި ސިޔާސީ ޕާޓީއެއްގެ ސިޔާސީ ބޭނުމަށް ޚަރަދުކޮށްފައި ޤައުމާއި ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކޮށް ދަރަނިން މިންޖުވާނެ ދުވަހެއް އަންނާނެތޯ ވެސް ސުވާލު އުފައްދަވާފައި ވެއެވެ. އަދި ރައްޔިތުންގެ މަޖިލީސް އިންތިހާބާ ދިމާކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ފެއްޓެވި ތަރައްޤީގެ ޕްރޮޖެކުޓުތަށް ހުއްޓިފައި އޮތްއިރު، ލޯކަލް ކައުންސިލު އިންތިޚާބާ ދިމާކޮށް ސަރުކާރުން ނުފޫޒު ފޯރުވުމަށްޓަކައި އަނެއްކާ ވެސް ޕްރޮޖެކްޓުތަކެއްގެ ބިންގާ އަޅުއްވާ ފޮޓޯ ނަންގަވަނީ ދިވެހި ރައްޔިތުންނަކީ ގަމާރުންކަމަށް ދެކޭތީތޯ ވެސް ސުވާލުކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު