އެގްރޯނެޓް އެމްޑީ ވަކިކުރުމުން އެހާރާ މިހާރުގެ މުވައްޒަފުން އުފާ ފާޅުކުރަނީ…

މިލައުތުރު | 7 އޭޕްރީލް 2026 | ރިޕޯޓު
16

ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ދީދީ ކުއްލިގޮތަކަށް ވަކިކުރުމުން އެ ކުންފުނީގެ ކުރީގެ މުވައްޒަފުންނާއި، މިހާރުގެ މުވައްޒަފުން އުފާ ފާޅުކުރަން ފަށައިފި އެވެ.

އެ ކުންފުންޏަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދީފައިވާ އެތަކެއް މުވައްޒަފުންނެއް ޒާތީ ސަބަބުތަކަށްޓަކައި ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެހެންކަމުން މިއަދު “ހުސްދީ” ވަޒީފާއިން ވަކިކުރުން ވެގެންދިޔައީ އެމީހުންނަށް ޢީދެއް އައުން ފަދަ ކަމެއް ކަމަށެވެ. އެގޮތުން ބައެއް މީހުން ސީދާ އޭނާއަށް ގުޅައިގެން ވެސް ޝުއޫރުތައް ފާޅުކޮށް އެމީހުންނަށް ދީފައިވާ އަނިޔާތައް ހަނދާންކޮށްދީފައި ވެއެވެ.

ޙުސައިން ދީދީ ފާހަގަކުރެވެނީ ވަރަށް ރުންކުރު، ގޮތްދޫނުކުރާ ނިކަން އަވަހަށް ޒާތީވާ މީހެއްގެ ގޮތުގައެވެ. އެ ކުންފުނީގައި މަސައްކަތްކުރި އެކަނިވެރި މަޔަކު ކިޔައިދިން ގޮތުގައި އޭނާ ވެސް ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރީ މަންމައަށް ކެންސަރު ޖެހިގެން ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ތައްޔާރުވެފައިވާ ހިތްދަތި  ދަނޑިވަޅެއްގައެވެ. ރަޙުމާއި ހަމްދަރުދީ ނެތްތާ އިންސާނިއްޔަތުކަމެއް ވެސް ނެތްކަމުގެ އިންތިހާ ނޫންތޯއެވެ. އެހެންކަމުން މި ޚަބަރު ލިބުމާއެކު އޭނާ ވެސް ބުނީ، “ވަރަށް އުފާވެއްޖެ” ކަމަށެވެ. އަދި ދެން އެންމެ އުފާވާނީ ޖެނެރަލް މެނޭޖަރު ކަނޑާލުމުން ކަމަށެވެ. އޭނާއަކީ ވެސް ޖިންސީ ފުރައްސާރަ ވެސް ކުރާ މީހެއް ކަމަށާއި، އެެފަދަ ޝަކުވާއެއް އެ ކުންފުނީގެ އަންހެން މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށެވެ.

ކުންފުނީގެ އިތުރު މުވައްޒަފަކު ކިޔައިދިން ގޮތުގައި ހުސައިން ދީދީ އަކީ މީހުންނަށް ވަރަށް ފުރައްސާރަކުރާ މީހެއް ކަމަށާއި، އެގޮތުން މުވައްޒަފުންގެ އައިބުތަކުގެ ވާހަކަ ބައްދަލުވުންތަކުގައި ދައްކާ ހަދާ ކަމަށެވެ. އެހެންކަމުން މިއަދަކީ ވަރަށް ގިނަ ބަޔެއްގެ ހިތަށް ތަސައްލީއެއް ލިބުނު ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަބްދޯ
ތިނަދޫ ހުސްދިގު ތިޔައީ ޔާމީނުގެ ބޮޓެއް!
ކ ކޮތަޅޭ
ތިން ޑީއެމްޑީ ލައިގެން ދެން ހަލާބަލާ، ބޭކާރު ބޯތަކެއް.....
ރ ރޯނުއެދުރު
މުޅި އެގްރޯނެޓު ޚަރާބުކުރީ ފޭކް ޑަކްޓަރު ނާދިޔާ އާ ދޮގުމުޅި ފާރޫގާ ފްލެޓް ވަގު ޝަޒްލީނާ އާ ރޯނުއެދުރު ޝަޒީލްކަން އެތަނުގެ 95 އިންސައްތަ މުވައްޒަފުން ހެކިވާނެ.
G GALHI
ޝަޒްލީނާ މަންޖެއަށް އެމްޑީކަން ލިބުނީ ދޯ. އިބޫގެ ވެރިކަމުގައި ފުޅު ހައްދާލައިގެން ދެ ގޯތި ދަމައިގަތީ!! މިވެރިކަމުގައި ޖަޒީލް ހައްދައިގެން ވަޒީފާ ދެމެހެއްޓީ!! އިންސާފު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ.
ޓ ޓީވީއެމް ލޯބިވެރިޔާ
މަގެއްމަތިން ފެނުނަސް ފެލޭނަން. ފަހަތުން ދުވާނަން، ހޯއްގޮވާނަން!!!
ނ ނާސިހު
ތިޔަތަން އެއްކޮށް ސާފުކުރަން ޖެހޭ
ސ ސިރާޖު
ހުސެން ދީ ކުރި ހުރިހާ ވައްކަންތައް އޭސީސީއަަށް އަަޅާލާނަން.
ޒ ޒާޔާ
ދެން ލަލަލާ
ފ ފިނިފެންމާ
ތިޅައި ދުއްވާލަން މާބޮޑަަށް ވެސް ލަސްވެއްޖެ..
ސ ސަދާ
ތިޔައީ އެއްވެސް ކަމެއް ވާތަނެއް ނޫން، ގާދޫ ތަރައްޤީ ކުރުމުގެ ނަމުގައި ދައުލަތް ލޫޓުވާތަނެއް.
ސ ސޫރަޖު
އެގްރޯނެޓްގައި އުޅޭނެ ގަޕޯގެ ކޮންމެސް މީހެއް ނަމަކަަށް ކިޔާނީ ފަކްރޫކު. ދުވާލު އިންނަނީ މޫސީއަަށް ކެޕެއިންކުރަން ޕީއެންސީ ޖަގަހައިގާ. ރޭވީމާ ގޮސް އިންނަނީ އަލީ އާޒިމަަށް ކެމްޕެއިނުކުރަން ދަނޑިކޮށި ޖަގަހައިގާ. ދެން ކިހިނެެއް ކަމެއް ވާނީ...
ތ ތިނަދޫ ބުރާންތި
ކާށިދޫން އެގްރޯނެޓް ފުލައިފިން ދެން ލަލަލާ
ބ ބަކަރި
އެއްވެސް ޅާއަކު ދެން ކާށިދޫއަަށް ނާރާތި.
ޒ ޒީލަ
ކޮބާތަ ތިތާ އުޅޭ އެމްޑީއަަށް ލަނގިރިޖަހައިދޭ ގޮއްޔެ.
ހ ހުސްދިގު
ހުންނާނެ ރާކަނިމަސް ކެވިފާ!
އ އަލީ ވަހީދު
ހުސް އެއްކަހަލަ ބަޅުން އުޅޭތަނެއް. އުޅޭނެ ފާރޫގަކާ ޝަޒްލީނާއެއް ވެސް، މުޅިތަން ހަލާކުކުރަނީ އެ ދެޅައި.