ށ. ފޯކައިދޫ ބޮޑު މިސްކިތް ތަޅާލާފައި އޮންނަތާ 9 މަސް، ޒިންމާ ނަގާނީ ކާކު؟

މިލައުތުރު | 2 ޖޫން 2026 | ރިޕޯޓު

ށ. ފޯކައިދޫ މަސްޖިދުލް އީމާން (ބޮޑު މިސްކިތް) ތަޅާލުމަށް ފަހު އެތާ ބޮޑު ވަޅުގަނޑެއް ކޮނެފައި، މަދިރި އާލާވާގޮތަށް ފެން ހެދިފައި އޮންނަތާ އެތަކެއް މަހެއް ވެއްޖެ އެވެ.

އެ މިސްކިތް ތަޅާލީ އެތަނުގައި ޒަމާނީ އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ކަމަށް ބުނެ މި ސަރުކާރުންނެވެ. އެހެން ނަމަވެސް އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް އެއްވެސް ވަރަަކަށް ކުރިއަކަށް ނުދެއެވެ. މިސްކިތް ހުރިތާ އޮތީ ފެހިޖަހައި، މަދިރިފަނި އަޅާފައި އޮތް ބޮޑު ފެންގަނޑެކެވެ. ރައްޔިތުންގެ ޝަކުވާއަކީ އިސްލާމީ މަރުކަޒެއް ނޭޅުމެއް ނޫނެވެ. އެފަދަ މަޝްރޫޢެއް ހިންގޭނެ ކަމުގެ ޔަޤީންކަމެއްނެތި އެފަދަ ރީތި ބޮޑު މިސްކިތެއް ތަޅާލުމެވެ.

މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އަންވަރު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، ށ. ފޯކައިދޫގައި އެޅުމަށް ބަޖެޓު ކުރެވިފައިވާ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކަމަށްބުނެ, ބޮޑު މިސްކިތް ތަޅާލިތާ 9 މަސް ވެއްޖެ ކަމަށެވެ. އަދި މިއީ ސީދާ ރައީސް ޑރ. މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އެމަނިކުފާނު ފޯކައިދުއަށް ވަަޑައިގަންނަވާތީ ތަޅާލި މިސްކިތެއް ކަމަށެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.