މިހާރު އެމެރިކާގައި ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް އެމެރިކާއަށް ދިޔަ އިނގިރޭސި ޓީމްގެ ކުޅިވަރު އާލާތްތައް ލޫޓުވާލައިފި އެވެ.
ބައިބަލްއަޤުވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސި ޓީމުގެ ކުޅުންތެރިންގެ ބޫޓުތަކާއި، ފަރިތަކުރުންތަކުގައި ބޭނުންކުރާ ކިޓުތަކާއި، ސަޕޯޓް ސްޓާފުންގެ ޔުނީފޯމްތަކުގެ އިތުރުން އެހެނިހެން އާލާތްތައް ވެސް ވަނީ ވަގަށް ގެންގޮސްފައެވެ.
މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމެރިކާ ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައެވެ. އަދި ގެއްލުނު ތަކެތި ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު