މުންދުއަކީ ގަދީމީ ޒަމާނުގައި އުޅުނު ކަހަލަ ޅެންކިޔައިދޭ މީހެއް: އައްޑޫ ސިޓީ މޭޔަރު

ޝާން މުޙައްމަދު | 29 ޖޫން 2026 | ޚަބަރު

މި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް(މުންދު) އަކީ ގަދީމީ ޒަމާނުގައި އުޅުނު ކަހަލަ ޅެންކިޔައިދޭ މީހެއް ކަމަށް އައްޑޫ ސިޓީ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރު މިގޮތަށް ވިދާޅުވީ އައްޑޫގައި ހުރި ކޮންވެންޝަން ސެންޓަރު އިމާރާތަކީ ސަރުކާރުން އިސްރާފަކަށް ހަދާފައިވާ ތަނެއް ކަމަށް ވިދާޅުވުމުން އޭގެ ރައްދެއްގެ ގޮތުންނެވެ. އެގޮތުން ނިޒާރު ވިދާޅުވީ ސާކްސަމިޓާއި އެކު އައްޑުއަށް ގެނެވުނު ތަރައްގީއަކީ ހަމައެކަނި ކޮންވެންޝަން ސެންޓަރެއް ބިނާ ކުރުމެއް ނޫން ކަމަށެވެ. މި މަސައްކަތަކީ ބޮޑެތި ކޮންވެންޝަންތަކަށް ވެސް ފަހިވާގޮތަށް ފަތުރުވެރިކަން ކުރިއަރުވައި ދާއިމީ އިގްތިސާދެއް ގާއިމުކުރުމަށް ޕްލޭން ކުރެވިގެން ކުރެވުނު ހިކުމަތްތެރި މަސައްކަތެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.

Advertisement

”އައްޑޫގައި މިއިގްތިސާދު ބިނާ ވިޔަ ނުދިނުމަށް މުންދުމެން އިސްވެ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލިކަން އެއީ ފެންނަންއޮތް ހަގީގަތް. ​މުންދު އަކީ ގަދީމީ ޒަމާނުގައި އުޅުނުކަމަށް ބުނެ އުޅޭ މޮޅަށް ވާހަކަ ކިޔާދީ އަދި ޅެންކިޔާދީ އުޅޭ ޒާތުގެ މީހެއް. މުއިޒް ރުއްސަން ކިޔާދިން މޮޅު ޅެމަކަށް މި ވާހަކަވެސް ވުމަކީ އެކަޝީގެންވާކަމެއް.“ މޭޔަރު ނިޒާރު ވިދާޅު
ވިއެވެ.

ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގެ މޭޔަރު ކަމަށް ނިޒާރު ހޮވެވަޑައިގަތީ ދެވަނަ ދައުރަކަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް އައްޑޫއަށް މި ސަރުކާރުން މިއަދާ ހަމައަށްވެސް އެއްވެސް ކަމެއް ކޮށް ނުދޭއިރު ނިޒާރު ދަނީ އެކި ޕްލެޓްފޯމް ތަކުގައި އައްޑޫގެ ރައްޔިތުންގެ އަޑު އުފުލަމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.