ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހީގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުން އަންނަ ކަމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ ހަފުތާގައި ރިޕޯޓުކުރި ހިމަބިހީގެ 44 ކޭހާ އެކު އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 66 އަށް އަރާފައިވާ ކަމަށެވެ. އެ އެޖެންސީން ބުނީ ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ، 15-39 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.
މި ވަގުތު އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 13 ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ބައްޔަށް ފައްސިވި މީހުންގެ އެކްޓިވް ކޮންޓެކްޓުގެ ޢަދަދު 258 އަށް އަރާކަމަށާއި
ހިމަބިހީގެ ކޭސްތައް ގުޅިގެން މިހާތަނަށް 569 މީހަކު އެ ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެ އެވެ.
އެޗްޕީއޭ އިން ބުނީ ކޭސްތަކުގެ ޢަދަދު މިދިޔަ ހަފުތާގައި އުފުލުނީ، މިދިޔަ ހަފުތާގައި ޓެސްޓުކުރި ނިސްބަތް އިތުރުވުމާ ގުޅިގެން ކަމަށެވެ.
ހިމަބިހީގެ ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު މުޅި ރާއްޖޭގައި ވަނީ އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.
ރާއްޖެ އިން މި ބަލި ނައްތާލެވިފައިވާ ކަމަށް 2017 ގައި ކަނޑައެޅި ނަމަވެސް އަނެއްކާ މިވަނީ މި ބަލި ރާއްޖޭގައި ފެތުރެން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު