އެމެރިކާއިން އީރާނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ސަރަޙައްދުގައިވާ އެމެރިކާގެ 85 ޓާގެޓެއް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ) އިން ވަނީ ކުވައިތު، ބަހްރެއިން، ގަތަރު، އަދި ޖޯޑަންގެ އެކި ސަރަޙައްދުތަކުގައިވާ އެމެރިކާގެ ކޮމާންޑް ސެންޓަރުތަކަށާއި އެއާ ބޭސްތަކަށާއި ޖާސޫސީ މަރުކަޒުތަކަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މީގެ އިތުރުން ހުޅަނގު އޭޝިއާގައިވާ އެމެރިކާގެ ކޮމާންޑް ސެންޓަރަކާއި އުރުދުންގެ އަލްއަޒްރާގު ވައިގެ މަރުކަޒަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލާފައި ވެއެވެ. ކުވައިތުގެ ޕެޓްރިއޮޓް ޑިފެންސް ސިސްޓަމްތަކަށާއި، ތެޔޮ ރައްކާކުރާ ވަސީލަތްތަކަށް ވެސް ޙަމަލާދީފައި ވެއެވެ.
އެމެރިކާގެ ވައިގެ ޙަމަލާތަކުގައި އީރާންގެ ގިނަ ބަޔަކު ޝަހީދުވެ، އެތައް ބަޔަލު ވަނީ ޒަޚަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު