ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުނިމި ހުރިހާ ސްޓިއަރިންގ ކޮމިޓީތަކަކަށް ހޮވުނު މެންބަރުން އިޢުލާން ކުރުމަށްފަހު، ދެން އިޢުލާން ކުރިތަން ފެނުނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %33 މުވައްޒަފުން ކަނޑާލާ ވާހަކައެވެ. އެހެންކަމުން ޚުދު ޕީއެންސީގެ ސަޕޯޓަރުން ވެސް ތިބީ ބޮޑު ހާސްކަމެއްގައެވެ.
ބައެއް މީހުންގެ ޝުއޫރުތައް މިކަމުގައި ހުރީ ވަރަށް ވެސް ތަފާތުކޮށެވެ. އެއްބަޔަކު ޤަބޫލުކުރާ ގޮތުގަައި މިއީ ރަނގަޅު ފިޔަވަޅެކެވެ. އެހެން ނަމަވެސް އެންމެންވެސް ޤަބޫލުކުރާ ގޮތުގައި އެއްވެސް ޙައްޤަކާނުލާ ބަޔަކު ވަކިކޮށްލުމަކީ ވަރަށް ދެރަކަމެކެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ބޭނުންނުވާ ވަރަށް މުވައްޒަފުންތަކެއް ނެގީ ވެސް ހަމަ ސަރުކާރުންނެވެ. އެހެންކަމުން ނެގުމުގެ ކުރިން ޚަރަދަށް ނުވިސްނަނީ ކީއްވެތޯ ސުވާލު އުފެދެއެވެ.
މިހާރު ފެނަކަ ފަދަ ކުންފުނިތަކުގައި ތިިބި މުވައްޒަފުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެބުނާ %33 ގެ ތެރޭގައި ހިމެނިދާނެތީ ބިރުންނެވެ. އެހެނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ދަށްކަމުން މަސައްކަތެއް ނެތެވެ. ވަޒީފާއެއް ހޯދުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންކަމުން ސަރުކާރާ ދެކޮޅަށް ބަހެއް ބުނެލާނެ ހިތްވަރު ވެސް އެމީހުންގެ ނެތެވެ.

ކިޔުންތެރިންގެ ހިޔާލު